އުތުރު ތިލަ ފަޅު

"އުތުރު ތިލަފަޅުގައި އޮންނަނީ ދިވެހި ސިފައިންގެ ކޮންޓްރޯލް"

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް -- ފޮޓޯ: އަވަސް އާކައިވް
33.3%
0%
66.7%

އުތުރު ތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި އުތުރުތިލަފަޅުގެ ފުރިހަމަ ކޮންޓްރޯލު އޮންނާނީ ދިވެހި ގައުމީ ދިފާއީ ބާރުގެ އަތުގައި ދިވެހި ސިފައިންނަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ

އުތުރުތިލަފަޅު މައްސަލާގައި ކަންބޮޑުވުންތަކާއި ސުވާލުތައް ގިނަވެފައި ވަނިކޮށް ސިފައިންގެއިން މިއަދު ބޭއްވި ޕްރެސްގައި ޑިފެންސް ޗީފް ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން ހަދާފައިވާ އެއްބަސްވުމެއް އިންޑިއާއާއެކު އޮތް ނަމަވެސް އެތަނުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބޭނެ ވާހަކަ އެގްރިމެންޓްގައި ނޯންނާނެ ކަމަށާއި އެތަނަށް އަރައި ފޭބޭނީ ވެސް ގައުމީ ދިފާއީ ބާރުން ހުއްދަ ދޭ ބަޔަކަށް އެކަނި ކަމަށެވެ.

ޔޫޓީއެފްގެ މައްސަލައާ ގުޅުވައި މީޑިއާއަށް އައިސްފައިވާ ހުރިހާ ވާހަތަކެއް ދޮގު ކުރައްވަމުން ޑިފެންސް ޗީފް ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން ދާ ފަރާތްތަކާއި މެދު އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ ބަލައި، އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އަޅާނެ ކަމަށެވެ.

"އެގްރިމެންޓް ކަރުދާހާ ގުޅިގެން ޖެނެރަލް އޮފިސަރަކު މައުލޫމާތު ދިންކަމަށް ވެސް ހަބަރު ފެތުރި. މިއީ ކަނޑައެޅިގެން ދޮގެއް. އެފަދަ އެއްވެސް އަމަލެއް ދިފާއީ ބާރުގެ އެއްވެސް ބޭފަޅަކު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ވަކި ކަމެއް ހާސިލް ކުރަން ގައުމީ ދިފާއި ބާރުގެ ބޭފުޅުންގެ އަގު ވައްޓާލަން މިފަދަ އިލްޒާމް އެޅުވުމަކީ ހިތާމަހުރި ކަމެއް. ވަކި ސިޔާސީ މަންފާއެއް ހޯދަން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާކަން ފާހަގަކޮށްލަން." ޝަމާލް ވިދާޅުވި އެވެ.

ޝަމާލް އިތުރަށް ވިދާޅުވީ ހަދާފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެއީ ގައުމީ ދިފާއީ ބާރުން ވަރަށް ބޭނުންވާ ފެސިލިޓީއެއް ކަމަށާއި އެތަން އޮޕަރޭޓްކޮށް އެތަނުގައި ތިބޭނެ ބަޔަކު ކަނޑައަޅާނީ ވެސް ސީދާ ދިވެހި ދައުލަތުން ކަމަށެވެ.

ދިވެހި ދައުލަތުން ބޭނުންވެއްޖެނަމަ މި އެގްރިމެންޓް އުވާލައި އަދި ބާތިލުކޮށްލުމުގެ ފުރިހަމަ ބާރު ދައުލަތަށް ލިބިގެންވާ ކަމަށްވެސް ޑިފެންސް ޗީފް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އުތުރު ޔޫޓީއެފް އެގްރިމެންޓްގައި އެހެން ގައުމުތަކުން މަނަވަރުފަދަ އެއްޗެހި އަންނަން ވަކި ގައުމަކަށް މަނައެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިތަނަކީ ބޭރުގެ ގައުމަކުން އޮޕަރޭޓްކޮށް ބޭރު ގައުމުތަކަށް ކުއްޔަށް ދިނުމަށް ހަދާ ތަނެއް ނޫން. މިތަނަކީ އަސްކަރީ ބޭސްއެއް ވެސް ނޫން އަދި އަސްކަރީ ބޭސްއެއް ހިންގާނެ ކެރެކްޓަރިސްޓިކްސް ވެސް ހުރިތަނެއް ނޫން. މިއީ ކޯސްޓްގާޑުގެ ތަނެއް" ޝަމާލް ވިދާޅުވި އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަ

މިގައުމައް ފައިދާހުރި އެއްވެސްކަމަކައް ދިވެހިން ދެކޮޅުނުހަދާނެ ކަންބޮޑުވާންޖެހޭކަމެއް އެއްބަސްވުމުގަނެތިއްޔާ އެއްބަސްވުންސިއްރުކުރަންޖެހޭސަބަބެއްނެތް ރައްޔިތުންކުރާސުވާލުތަކައް ފުރިހަމައިޖާބަ ދެނިކޮއްއެނިމުނީ އޭރުން އެއްވެސް މީހަކުދައްކާނެ ވާހަކައެއްނޯންނާނެ

އަލިބެ

ކަލޭއަތުގަ އޮންނާނީ _ލިފަ ތިއޮތް ކޮންޓުރޯލް އެކަނި

ހާމަކުރާށޭ

ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ

ބަހަބަރު

ހެލިކޮޕްޓަރުވެސް އެއޮތީ އަމިއްލަ ބާރުގަވިއްޔާ... ތި ދިވެހި ސިފައިންގެ މީހަކު އެދުއްވުމުގެ ހުއްދަ އަދިވެސް ނުދެވިގެން އުޅޭއިރު ދެންކޮން މޮޅު ވާހަކަ ތޯ ތިދައްކަވަނީ. އިތުބާރެއް ނުކުރެވޭ.

ގޮއިސޮރު

ޢުމަރު ނަޞީރަކީ އެތަނެއްގައިއުޅުނު ރާއްޖޭގެ ދިފާޢީމަރުކަޒުގެ ފާރުގައި 12 ފޫޓުގެ ހަރުގަނޑު ލައްކޮށްގެން އެތަނަށްވަދެވިދާނެކަމުގައިބުނެ ވާހަކަދެއްކިމީހެއް. އޭނަގެ އަމިއްލައެޖެންޑާ ކުރިޔަށްގެންދަން ކޮންމެފަދަވާހަކައެއްވެސް ދައްކަފާނެ. މިފަދަ ފިތުނަފަސާދައުފައްދާ މީހުނާއިމެދު ފިޔަވަޅުއަޅަންއެބަޖެހޭ.

ޤާދިރު

ދެން ކީއްވެ ތިހާ ލުއިލުއި އެއްޗެއް ހާމަ ނުކުރެވިގެން ތިއުޅެނީ. ދެން އެ ބުނީ އެތާ ތިބެވޭނީ ޑިފެންސްގެ ހުއްދައާއެކު ތިމަންނަމެން ބުނާ ބަޔަކަށޭ ބުނާއިރު ދާދި ފަހުން ތިބުނާ ތަނަކަށް ދިޔަ އެމް. އެން. ޑީ. އެފް ގެ ލޯންޗު ވެސް އިންދިއާ ސިފައިންގެ ހުއްދަ ނުލިބިގެން އެފަޅަށް ނުވަދެވި އަށެއްކަ ގަޑިއިރު ފަޅު ބޭރު އޮންނަން ޖެހުނު. މިހާރު ރައްޔިތުން ފިނިކުރަން ތި ދައްކާ ވާހަކަ އަޑުއަހާނެ ރައްޔިތަކުނެތް ރީނދޫ ހުންޖެހިފައި ތިބި މަދު ބަޔަކު ނޫނީ. ޤައުމަށް ޤައްދާރުވި އެންމެން އިސްތިޢުފާ ދިނުމަކީ މި ޤައުމަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަންތައް. އިސްތިއުފާ

ދިވެހިން

މި މީސްމީހުން ކައިރީ ހިނގާމީހުންގެވެސް އެކައުންޓްތަށް ބަލާ ކިރިޔާވެސް ސައްކުވާކަމެއް އޮތްތޯ ބަލަންޖެހޭ. ވަކިބައެއްގެ ޖީބުތަށް ފުރަން ލާރިނަގާގެން ތިބިކަމަށް ސައްކުވާހިނދު އެކަން ބެލެންޖެހޭ. ގައުމަށް ހެޔޮއެދޭ ބައެއްނަމަ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވާދޭނެ. އެއްމެ ކުޑަމިނުން ރައްޔިތުންގެ މަންދޫބުންނަށް އެކަން އޮޅުންފިލުވާދޭން ޖެހޭ.

ކުރާށޭ

އެއްބަސްވުމުގައި ސިފައިން ތިބޭ ވާހަކައެއް ނޯންނާނެ ކަމަށް ޝަމާލް ވިދާޅުވިނަމަވެސް އެކަން މަމެން ގަބޫލެއް ނުކުރާނަމޭ އެއީ ތަމެން ކުރި ޑްރާފްޓެކޭ މިހާރު ލީކް ވެގެން އުޅެނީ އެޑްރާފްޓް ގައޭ ތަމެން ސޮއި ކޮށްގެން އުޅެނީ އެއީ ކޮން އެއްބަސްވުމެއްތޭ މިހާރުން މިހާރަށް ތަމެން އެއްބަސްވުން ވެބް ސައިޓް ގައި ޝާއިއު ކުރަންވީއޭ އެއިރުން މަމެން ތަމެން ދައްކާ ވާހަކަ ގަބޫލުކުރާނީ އިނގޭތޭ...

ގެރިމޯދީ

ރާއްޖޭގަވެސް އޮތީ ދިވެހިންގެ ކޮންޓްރޯލް އޭ ކިޔާ އަޑުއިވޭ. އެކަމު އެންމެ ފަހުބަސްބުނަނީ އިންޑިޔާއިން. އަހަރެމެންނަށް މިހާރު މިނިވަންކަން ގެއްލެމުންދާކަމުގެ ބިރުވެރި ނާމާން އިހުސާސް ވާންފަށަައިފި. ޝަމާލް ކަލޭމެން މިކަމުގެ ޒިންމާ އުފުލަންޖެހޭނެ. އަހަރެމެން ދުވަހަކުވެސް ކަލޭމެނަށް މާފެއް ނުކުރާނަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345