ހަބަރު

ފެނުގެ ދުވަސް ފާހަގަ ކުރަން ފޮޓޯ މުބާރާތެެއް

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރަން ހާއްސަ ފޮޓޯ މުބާރާތެއްގައި އިންތިޒާމްކޮށް ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އަހަރެެއްގައިވެސް މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ފެނުގެ ދުވަސް ގޮތުގަ އެވެ. މި އަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ވެލިއުއިން ވޯޓާ" އެވެ.

ތިމާވެށި މިނިސްޓްރީން މި މުބާރާތް ހުޅުވާލާފައި ވަނީ އެންމެނަށެވެ. މި މުބާރާތަކީ ފެނުން ދިރުން ދަމަހައްޓައިދޭއިރު ފެނުގެ ތަފާތު އެކި އެކި ބޭނުންތަކާއި ފެނުން ކުރާ ފައިދާ ތަކާއެކު ފެނުގެ އަގުވަޒަން ކުރާ މިންވަރު ތަފާތު ގޮތަކަށް ދައްކާލުމެވެ.

އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި "ވެލިއުއިން ވޯޓާ" ތިމަށް ނަގާ ފޮޓޯތަކުގެ ތެރެއިން އެއްވަނަ ދެވަނަ ތިން ވަނަ ހޮވާނެ އެވެ.

އެއްވަނަ އިނާމަށް ދޭން ކަނޑައަޅާފައިވަނީ ޑީއެސްއެލްއާރު ކެމެރާއެކެވެ. ދެވަނައަށް ގޯޕްރޯއެކެވެ. އަދި ތިންވަނައަށް ހާޑް ޑިސްކެކެވެ.