ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭއިން ކޮވިޑާ ދެކޮޅަށް ތެދުވިތާ އެއް އަހަރު

" އަޅުގަނޑުގެ 34 އަހަރުގެ ވިޔަފާރީގެ ހިދުމަތުގެ މަސައްކަތުގައިވެސް ދަންނަވަން ކެރިދާނެ މިވަރުގެ ކަމަކާ
ކުރިމަތިލާކަަށް ނުޖެހެޔޭ"

މިއީ ރާއްޖޭގެ އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭގެ ސީއީއޯ އަހުމަދު ނާޝިދު ކޮވިޑްގެ-19 ތަޖުރިބާއާ ގުޅޭ ގޮތުން ވާހަކަ ފައްޓަވަމުންވެސް ވިދާޅުވި ބަސްކޮޅެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށްވެސް އާ ބައްޔެކެވެ. އެ ބަލި އައިސް މުޅި ދުނިޔެއަށް ފާއްދާލާއިރު ސިއްހީ ހިދުމަތް ދޭ އެއްވެސް ބަޔަކު އޮތީ އެ ބައްޔަށް ތައްޔާރުވެގެނެން ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް އޭޑީކޭއަށް ވެސް ވީ
ހަމަ އެހެން ނެވެ. ނަމަވެސް ގޮންޖެހުންތަކާއެކު ވެސް އޭޑީކޭއިން ވަނީ ކޮވިޑާ ހަނގުރާމަކުރަން އެންމެ ކުރީ ސަފަށް ނުކުތެވެ. އެކަމުގައި އުޅޭތާ މިހާރު މިވަނީ އަހަރެއް ވެފައެވެ.

ކޮވިޑާ ދެކޮޅަށް އޭޑީކޭއިން ތައްޔާރުވީ ކިހިނެއް ހެއްޔެވެ؟ މިއީ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެވެ.

ކޮވިޑްގެ ވާހަކަަތައް ނޫސްތަކުގެ ސުރުހީތަަކަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރަން ފެށިތަނާހެން އޭޑީކޭއިން
އެކަމަށް މަޑުމަޑުން ތައްޔާރުވާން ފެށި އެވެ. ކޮވިޑަކީ އާ ބައްޔަކަށް ވާތީ އެންމެ ފުރަތަަމަވެސް މައުލޫމާތުތައް ހޯދައި އޭޑީކޭއާއި އެހެނިހެން ތަންތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް މައުލޫމާތު ދޭން ފެށި އެވެ.

" އަޅުގަނޑުމެން ޓްރެއިން ކުރިން އެތެރެހަށީގެ ޑޮކްޓަރުން. ކުޑަކުދިންގެ ޑޮކްޓަރުން. ކާޑިއޮލޮޖިސްޓުން. މިގޮތަށް ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ދާއިރާއެއްގެ ޑޮކްޓަރުން ކޮވިޑަށް ފަރުވާކުރަން ބޭނުންވާ ތަމްރީންތައް ދެވޭތޯ މަސައްކަތްކުރިން. އެގޮތުން އޭޑީކޭގެ ހުރިހާ މުވައްޒަފުން ތަމްރީން ކުރެވުނު. " އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް އެންމެ ފުރަތަަމަ ފެނުނީ މިދިޔަ އަހަރު އޭޕްރީލް މެދުތެރޭގަ އެވެ. ނަމަވެސް އޭގެ ކުރިން އޭޑީކޭއިން އޮތީ ކޮވިޑްގެ ކޭސްތައް އަތުވެދާނެކަމަށް ބަލައި ތައްޔާރުވެފަ އެވެ. އޭރު އޭޑީކޭއިން ދިޔައީ އެތަނުގެ މުވައްޒަފުން އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީއަށްވެސް ފޮނުވައި ތަމްރީންތައް ދެމުންނެވެ.

ކޮވިޑް އައިސް ހޮސްޕިޓަލްގައި ފެތުރިދާނެކަމަށް ބަލައިވެސް އޭޑީކޭއިން ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ހޮސްޕިޓަލަށް ވަންނަ މީހުން ހުން ހުރިތޯ ސްކްރީންކޮށް އެކަކު އަނެކަކާ ގައިދުރުވާވަރު ކުޑަކުރުމުގެ ގޮތުން ހޮސްޕިޓަލްގައި މީހުން ވަދެ ނުކުމެ އުޅޭ އުސޫލަށް ބަދަލު ގެނައުމެވެ. އަދި ހުން ހުންނަ މީހަކު
އަތުވެއްޖެނަމަ ވަކި ގޭޓަކުން ވަދެ ހިދުމަތް ލިބޭގޮތްވެސް ހެދި އެވެ. ކޮވިޑަށް ޝައްކުކުރެވޭ މީހަކު އައިސްފިނަމަ ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބެން ދެން އެމީހަކު އައިސޮލޭޝަން ފެސިލިޓީގައިވެސް ހުރެވޭގޮތް ހެދި އެވެ.

ކޮވިޑްގެ ރާޅު މުޅި ދުނިޔެއަށް ބޮޑުވެގެން ދިޔައިރު ކޮވިޑަށް ޓެސްޓް ކުރާ ޕީސީއާރު ލެބްތަކުގެ ޑިމާންޑު އޮތީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެ ލެބަށް ބޭނުންވާ ތަކެތި ހޯދަން ގޮންޖެހުންތަކެއް ކުރި ނަަމަަވެސް އެކަމުގައިވެސް އޭޑީކޭއިން ކާމިޔާބު ހޯދި އެވެ. މިހާރު ކޮވިޑަށް ޓެސްޓުކުރެވޭ ތިން ލެބް އޭޑީކޭގެ ހުރެއެވެ. އޭގެ ތެރޭގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ލެބްވެސް ހިމެނެ އެވެ. ލެބް ގާއިމްކުރި އިރު ބައްޔަށް ޓެސްޓް ކުރަން އަންނަ މީހުންވެސް ވަކި ސަަރަހައްދެއްގައި ތިބެގެން ޓެސްޓުކުރެވޭނެ ގޮތް ހެދި އެވެ. ހައްތަހާވެސް ރައްކާތެރި ކަމަަށްޓަކަ އެވެ.

" މިއަދު އަޅުގަނޑުމެންނަަށް ދުވާލަކު 2000 އެއްހާ ޓެސްޓް ހެދުމުގެ ކެޕޭސިޓީ އޭޑީކޭ ހޮސްޕިޓަލްގައި އެބަހުރި. ރެޔާ ދުވާލު މަސައްކަތް ކޮށް އަޅުގަނޑުމެން އިކޮނޮމީއަށް އެބަކުރަން ވަރަށް ބޮޑު ހިއްސާއެއް މީހުންގެ ޓެސްޓުތައް ހެދުމަށް މި ޕެންޑަމިކް ކޮންޓްރޯލް ކުރުމުގައި " އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވި އެވެ.

ކޮވިޑްއާ ދެކޮޅަށް އޭޑީކޭއިން ކުރާ ހަނގުރާމައިގެ އެންމެ އިސް ސަފުގައި ތިބެނީ ޑޮކްޓަރުންނެވެ. ކޮވިޑާއެކު އެ ޑޮކްޓަރުންނަށް ދިމާވި ގޮންޖެހުންތަކަކީވެސް ނުދައްކައި ނިންމާލެވޭނެ ވާހަކަތަކެއް ނޫނެވެ. އެހާވެސް އެ ބޭފުޅުންގެ ގުރުބާނީ ބޮޑެވެ. އެކަން އެންމެ ބޮޑަށް ތަހައްމަލުކުރި އެއް ބޭފުޅަކީ އޭޑީކޭގެ ޑޮކްޓަރު ނިޔާފްއެވެ.

ކޮވިޑް ފެށިގެން އައިއިރު ނިޔާފް ޑިއުޓީ ނިންމުމަށް ފަހު ގެއަށް ގޮސް އަންހެނުންނާައި ދަރިންނާ ބައްދަލުކުރަން ޖެހުނީ ހޮސްޕިޓަލް ހެދުން ބަދަލުކޮށް ފެންވަރައި ހެދުމަށް ފަހު އެވެ. ނަމަވެސް އެ ފުރުސަތުވެސް މަޑު މަޑުން ގެއްލި ވަކި ހިސާބަކުން ގެއަށް ނުގޮސް ހޮސްޕިޓަލްގައިވެސް ހޭދަކުރަން ފެށި އެވެ.

ހޮސްޕިޓަލްގައި ވަކި ހިސާބަކުން ކޮވިޑް ފެތުރުމުން އޯޕީޑީވެސް ހުއްޓާލައި ހަމައެކަނި އިމެޖެންސީ ހިދުމަތްތައް ދިން ދުވަސްތަކެއް ފެނިގެން ދިޔަ އެވެ.

އެ ހުރިހާ ގޮންޖެހުންތަކުގެ ތެރޭގައިވެސް އޭޑީކޭއިން ވަނީ އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ބަހައްޓާ އަހައްމިއްޔަތުކަންވެސް ކުރިއެކޭ ގޮތަށް ބަހައްޓަައިފަ އެވެ. އެންމެ ދަތިވި ދުވަސްވަރުވެސް އޭޑީކޭއިން މުވައްޒަފުންގެ
މުސާރައެއް ނުކަނޑަ އެވެ. އެހެންކަމުން މުވައްޒަފުންގެ ޝަކުވާއެއް ނެތެވެ. އެކަން އޭޑީކޭގެ ސީއީއޯ ނާޝިދު ފާހަގަކުރެއްވީ ފަޚުރުވެރިކަމާއެކު އެވެ.