ވިޔަފާރި

މާލީ ދާއިރާއަށް ޒުވާނުން ބޭނުންވޭ: ގަވަރުނަރު

Nov 2, 2015
1
ފައިނޭންސް އެކްސްޕޯ ހުޅުވުމުގެ ގޮތުން ޑރ. އަޒީމާ ވާހަކަ ދައްކަވަނީ--އަވަސް ފޮޓޯ
0%
0%
0%

ރާއްޖޭގެ ފައިނޭންޝަލް ނުވަތަ މާލީ ދާއިރާއަށް ގިނަ އަދަދެއްގެ ޒުވާނުން ބޭނުންވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ބާއްވާ ފައިނޭންސް ދާއިރާގެ އެންމެ ބޮޑު ފެއާކަމަށްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ހުޅުވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑރ. އަޒީމާ ވިދާޅުވީ މާދަމާގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ފައިނޭންސް ދާއިރާގެ ހަތް ބަޔަކަށް ބަހާލައިގެން މި ބައިތަކުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ފައިނޭންޝަލް އެކްސްޕޯގެ ސްޓޯލެއްގައި މައުލޫމާތު ދެނީ.--އަވަސް ފޮޓޯ

"އަޅުގަނޑުމެން ބޭނުންވޭ އާއްމުންނާއި ވިޔަފާރިވެރިންގެ ފަރާތުން ފައިނޭންޝަލް ސެކްޓާއަށް ބޭނުންވާ މައުލޫމާތު ހޯދަން. ވިޔަފާރިވެރިންނާއި އާއްމުންގެ ފަރާތުން މި ދާއިރާ ރަނގަޅު ކުރުމަށް ހިޔާލުތައް ބޭނުންވޭ،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެކި ފޯރަމްތަކުގައި ފައިނޭންޝަލް ދާއިރާއާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާ ކަމަށާއި، މި ފެއާ ބޭއްވުމުގެ އެއް މަގުސަދަކީ އެ މައްސަލަތަކަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުންވޭ ޒުވާނުން ޑިވްލޮޕްކުރަން. އެއް ބޭނުމެއް ޒުވާނުންނަށް ހުރި ފުރުސަތުތައް އަންގައި ދިނުން. ކިޔަވައިގެން ތިބި ރަނގަޅު ޒުވާނުން ފައިނޭންޝަލް ދާއިރާގައި ބައިވެރި ކުރުން،" އަޒީމާ ވިދާޅުވި އެވެ.

ފައިނޭންޝަލް އެކްސްޕޯގެ ސްޓޯލެއް.--އަވަސް ފޮޓޯ

ގަވަރުނަރު ވިދާޅުވީ މި އެކްސްޕޯ ކުރިއަށް ދާއިރު ބައެއް ޑިސްކަޝަންތައް ވެސް ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށެވެ.

އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި ދިވެހި ފައިސާގެ މައުލޫމާތު ދިނުމަށް ހާއްސަ ގެލެރީއެއް ވެސް ހުޅުވާލާފައިވެ އެވެ. މި ގެލެރީގައި އެހާރާއި މިހާރުގެ ދިވެހި ފައިސާގެ މައުލޫމާތު ލިބެން ހުރެ އެވެ. މީގެ އިތުރުން އަންނަ މަހު ސާކިއުލޭޝަނަށް ނެރުމަށް ހަމަޖެހިފައިވާ "ރަންދިހަ ފަހެއް" ގެ އާ ނޫޓުތައް ވެސް ދައްކާލަން ބަހައްޓާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފައްލައްކަ ރުފިޔާ

މާލީ ދާއިރާއަށް ދިވެހިބަސް ރަނގަޅަށް ދަންނަ މީހުންވެސް އެބަ ބޭނުންވޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910