ވިޒިޓް މޯލްޑިވްސް

ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް ފެއާއަކަށް

Mar 17, 2021
1

ރާއްޖޭގެ ބޯޑަރު ބަންދު ކުރި ފަހުން، ރާއްޖެ އިސްތިހާރު ކުރަން ފުރަތަމަ ފަހަރަށް ޓޫރިޒަމް ފެއާއެއްގައި ބައިވެރި ވެއްޖެ އެވެ.

ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކާއެކު އެމްއެމްޕީއާރްސީ އިން ބައިވެރިވެފައި ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި މިމަހުގެ 16 އިން 18 އަށް ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ) އެވެ.

ރަޝިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ބައިވެރިވާ މި ފެއާގައި ރާއްޖޭގެ 11 ކުންފުންޏަކުން ބައިވެރިވި އެވެ. މި ފެއާގައި ރާއްޖޭން ބައިވެރިވުމުގެ މަގުސަދަކީ ރާއްޖޭގެ މަގުބޫލުކަން ރަޝިއާގައި ދެމެހެއްޓުމެވެ.

މި ފެއާ ކުރިއަށްދާ ހޯލުގައި ރާއްޖޭން ސްޓޯލެއް ބަހައްޓާފައިވެ އެވެ. މި ސްޓޯލުގައި ރާއްޖޭގެ ރީތިކަން 360 ޑިގްރީއަށް ފެންނާނެ ގޮތަށް ފޮޓޯ އާއި ވީޑިއޯ ދައްކަމުން ގެންދާނެ އެވެ. އަދި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ކުރިޒެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެ އެވެ. މި ކުއިޒު ސްޕޮންސާކޮށްފައިވަނީ ރީތި ބީޗު ރިސޯޓުންނެވެ.

ކޮވިޑް-19 އަށް ފަހު ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ސަރަހައްދަކީ ރަޝިއަން ރީޖަން އެވެ.