ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިދާރާގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަނީ

މަޖިލީހުގެ އިދާރާގައި ކެފޭއެއް ނޫނީ ރެސްޓޯރެންޓެއް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާނެއް ކޮށްފި އެވެ. މި އިއުލާން ކުރިން ވެސް ކޮށްފައި ވެއެވެ.

މަޖިލީހުގައި އުފައްދާފައިވާ ސޯޝަލް ކްލަބުން ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމިކަން މިދިޔަ އަހަރު ޖުލައި މަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އޭރު ބީލަމަށް ވެސް ހުޅުވާލި އެވެ.

ނަމަވެސް އެ އިއުލާން ބާތިލްކޮށް މިއަދު ވަނީ އަލުން ބީލަން ހުޅުވާލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ބީލަން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލައިފައިވެ އެވެ. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ރެސްޓޯރެންޓެއް ހަދަން ނިންމާފައިވަނީ މަޖިލީހުގެ އިދާރާގެ އުސް އިމާރާތުގެ ޓެރަސް ފްލޯގަ އެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ރެސްޓޯރެންޓް ހެދުމުން މަޖިލިސް މެމްބަރުންގެ ކޮއްތު ހަރަދަށް ހިނގާ ހަރަދު ކުޑަވެގެން ދާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނާއެކު މަޝްވަރާކޮށްލަން މެމްބަރުންނަށް އެ ރެސްޓޯރެންޓަށް ވަޑައިގެންނެވޭނެ ކަަމަށެވެ.