ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޑަހުވަދޫ

ކުޑަހުވަދޫ މޮނީޓަރިން އަށް

ދ. ކުޑަހުވަދޫ އިން ކޮވިޑް-19 އަށް ބަޔަކު ޕްޒިޓިވް ވުމާއި ގުޅިގެން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފުން ކަމަށެވެ. އެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން އެރަށަށް އަރައި ފޭބުން މިހާރު މަނާ ވާނެ އެވެ.

މިމީހުން ޕޮޒިޓިވް ކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރުމުސެ ސަބަބުން ޓެސްޓް ކުރުމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމިުގެ ގޮތުން އެރަށުގައި ވެސް އަންނަނީ ވެކްސިން ދެމުންނެވެ.