އެމްއެންޑީއެފް

އެމްއެންޑީއެފްގެ އިސްވެރިން ރިޓަޔާޑް ސިފައިންނާ ބައްދަލުކޮށްފި

ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ ސީނިއާ އޮފިސަރުންނާ އެމްއެންޑީއެފް ލީޑާޝިޕުން ބައްދަލު ކުރައްވައިފި އެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްގީއަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓް އަދި ޕްލޭންތަކާ ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފް އާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންފައެވެ.

މީގެ ކުރިންވެސް މިފަދަ ބައްދަލްވުންތައް ރިޓަޔާޑް ސިފައިންނާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. މިފަހަރުގެ ބައްދަލްވުން ބާއްވާފައި މިވަނީ އުތުރުތިލަފަޅުގެ މަޝްރޫއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދި ސިފައިންގެ އިސްވެރިންނަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.