މަރުގެ ހުކުމް

ނޫރު މަރާލި، ކުޑަކުއްޖާއަށް މަރުގެ ހުކުމް އިއްވައިފި

Nov 2, 2015

ނޫރު އާދަމް ހަސަންފުޅު މަރާލި ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. އެއީ 15 އަހަރުގެ ކުއްޖެކެވެ.

ނޫރު އާދަމް މަރާލާފައިވަނީ ރޭގަނޑެއްގެ ދަންވަރު 1:30 ހާއިރު އައިޖީއެމްއެޗްގެ ކުރިމަތިން ހަމަލާދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް އެރޭގެ މެންދަމު އެވެ. އެއީ މިދިއަ މާރިޗް މަހުގެ 28 ވަނަ ދުވަހު އެވެ.

މާލޭ ދަފުތަރު، ނޫރުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުގެ ތެރޭގައި ކުޑަ ދެކުދިން ހިމެނެ އެވެ. އެއިން އެއްކުއްޖަކަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އެވެ. ދެވަނަ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މީގެ ތެރެއިން ކުށް ސާބިތު ނުވީ ގަސްދުގައި މީހަކު މަރާލިކަމުގައި ބައިވެރިވުމުގެ ދައުވާ އުފުލި ކުއްޖާގެ މައްޗަށެވެ. އެއީ 17 އަހަރުގެ ކުއްޖެކެވެ.

މިއަދު މީގެ ތެރެއިން ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ މަރަން ހުކުމް ކުރި އިރު ނޫރުގެ ހުރިހާ ވާރިސުން ޝަރީތުގައި ބުނެފައި ވަނީ ގިސޯސް ހިފަން، ނުވަތަ މަރަށް މަރު ކަމަށެވެ. ވާރިސުންގެ ބަހާއެކު އެ ޝަރީއަތުގެ އަޑުއެހުންތައް ނިންމީ މިދިއަ ޖުލައި މަހު އެވެ.

ނޫރުގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓްގައި ދައުވާ އުފުލާފައި ވަނީ ފުވައްމުލަކު، ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހާއި އެރަށު، ނޯވަލް، މުހައްމަދު ޝަމްލުގެ މައްޗަށެވެ.