ގަން އިންޓަނޭޝަނަލް އެއާޕޯޓް

ޔޫއޭއީ އިން ގަމަށް އުދުހެން ފަށަނީ

Mar 19, 2021

ޔޫއޭއީ އިން ގަން އިންޓަނޭޝަނަލް އަށް އުދުހުންތަކެއް ފަށަން ތައްޔާރު ވަމުންދާ ކަމަށް ބުނެފި އެވެ.

އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކުރި ބިންތައް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި، ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށި، އިނަ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ގަމަށް ވަރަށް އަވަހަށް އުދުހެން ފަށާނެ ކަމަށެވެ. ނަމަވެސް އުދުހުންތައް ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ހުއްޓާލާފައިވާ ސްރީލަންކަންގެ ދަތުރުތައް ފަށަން ވެސް ޕްލޭން ކުރަމުންދާ ކަމަށެވެ. ނަމަވެސް ފަށާނެ ތާރީހެއް ފިރާގު ވިދާޅެއް ނުވެ އެވެ.

އައްޑޫ އިން ޓޫރިޒަމަށް ދޫކުރި 31 ބިމުގެ ބިޑުތައް ކާމިޔާބުކުރި ފަރާތްތަކަށް ވަނީ އެ ބިންތައް ހަވާލުކޮށްފަ އެވެ.

އައްޑޫއަށް ފްލައިޓްތަކެއް އަޅަން ޕްލޭން ކުރިނަމަވެސް އެ ސިޓީގައި ހަދާފައިވާ ބޮޑެތި ހުރިހާ ޓޫރިސްޓު ފެސިލިޓީ ތަކެއް ހުރީ ބަންދު ކޮށްފަ އެވެ.