ވަންޕްލަސް ސްމާޓް ގަޑީގައި ގޫގުލްގެ ވެއާ އޯއެސް ބޭނުން ނުކުރާނެ ކަމަށް ކުންފުނީގެ ސީއީއޯ ޕީޓާ ލާއު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ވަންޕްލަސް ސްމާޓް ގަޑިތަކަށް ޚާއްސަ އޮޕަރޭޓިން ސިސްޓަމެއް ކުންފުނިން އުފައްދާނީ ކަމަށެވެ.
ސްމާޓް ގަޑިތަކަށް އޮތް ޑިމާންޑް ބޮޑުވެ ގިނަ ވަމުން އަންނަ ފީޗާތަކަށް ސަޕޯޓް ދިނުމަށް ގޫގުލް ވެއާ އޯއެސް ވަނީ ނުކުޅެދުންތެރިވެފަ އެވެ. މިއީ ސްމާޓްގަޑިތަކަށް ލޯބި ކުރާ އާބާދީއަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސެމްސަންގް ސްމާޓް ގަޑިތަކުގައި ވެސް ބޭނުން ކުރަނީ އެ ކުންފުނީގެ އަމިއްލާ ޓައިޒަން ސޮފްޓްވެއާ ޕެކޭޖް އެވެ.
ވަންޕްލަސް ސްމާޓްގަޑިތައް މާޗް 23 ގައި ވަންޕްލަސް 9 ގެ ފޯނުތަކާއެކު އާންމު ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ޕީޓާ ލާއު ފޯރަމެއްގައި މިކަމަށް ހިތްވަރު ދޭ ޕޯސްޓެއް ޝާއިއު ކުރެއްވުމުން ހަމަ އެއް ތާރީޚެއްގައި ވަންޕްލަސް ސްމާޓް ގަޑިތައް ވެސް މާކެޓަށް ނެރޭނެ ކަމަށް އިގުރާރު ވެވުނީ އެވެ. ވަންޕްލަސް ސްމާޓްގަޑިއާ ބެޙޭ ގޮތުން އޭނާ ވިދާޅުވީ އެންމެ ގިނަ މީހުން އެދޭ އެދުމަކީ ވަންޕްލަސް ސްމާޓްގަޑި ކަމަށެވެ.
ވަންޕްލަސް ކުންފުނި ފަށައިގަތީ ސްމާޓް ފޯނުން ނަމަވެސް ވަންޕްލަސް ކޮމިއުނިޓީއަށް ސްމާޓްގަޑި ވެސް ތައާރުފުކުރަންޖެހޭ ކަމަށާއި ވަންޕްލަސްގެ ބަހުރުވައިން ގަތާލެވޭ ނެޓްވޯކެއް މުހިންމު ކަމަށް ޕީޓާ ލާއު ވިދާޅުވި އެވެ.
ވަންޕްލަސް ސްމާޓްގަޑިއަށް މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް އުފައްދާއިރު ޒަމާނީ އެޕްލިކޭޝަންތަކަށް ހަދާނެ ގޮތް ވެސް އަދި އޮތީ އެވެ. ވާދަވެރި މާކެޓެއްގައި މަގަތުސަފުގައި ދެމިހުރުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އެޕްލިކޭޝަންތަކެވެ. މިވާހަކަ އަދި އޮތީ އެވެ.