ސްޓެލްކޯ

ރަސްދޫ އާއި ހިމަންދޫއަށް ޒަމާނީ އިންޖީނު ގެއެއް

Mar 20, 2021
1

އއ. ރަސްދޫ އާއި އެ އަތޮޅު ހިމަންދޫގައި ޒަމާނީ ފެންވަރުގެ އިންޖީނު ގެއެއް އަޅަން ނިންމައި، އިންޖީނު ގޭގެ ބިންގާ އަޅައިފި އެވެ.

ޒަމާނީ ފެން ވަރަކަށް ހަދާ ދެ އިންޖީނު ގޭގެ ބިންގާ އަޅުއްވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުއުނީ އެވެ،

މި ދެ ރަށުގެ ތެރެއިން އއ. ހިމަންދޫގައި އާ އިންޖީނު ގެއެއް އަޅަނީ އާބާދީ ބޮޑުވަމުން ދިއުމާއެކު އިންޖީނު ގޭގެ ޖާގަ ކުޑަވުމުގެ ސަބަބުން ބޮޑު ޖާގައެއް އޮތް އިންޖީނުގެއެއް ހޯދުމަށެވެ. މިކަމުގެ ސަބަބުން މި ރަަށަށް އިތުރު ތަރައްގީއެއް އަންނާނެ އެވެ.

ހިމަންދޫގައި މިހާރު ބަހައްޓާފައި ހުރީ 533 ކިލޯވޮޓްގެ އިންޖީނެކެވެ. މީގެ ބަދަލުގައި އާ އިންޖީނުގެ ނިމުމުން ބަހައްޓާ އިންޖީނުގެ ސައިޒު 4 މެގަވޮޓްއަށް ބަދަލު ވާނެ އެވެ. މީގެ އިތުރުން ކަސްޓަމަރު ސާވިސަސް ބައެއްގެ އިތުރު މި އިމާރާތުގައި ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ އެވެ.

އިންޖީނު ގެއެއްގެ ބިންގާ އެޅި އަނެއް ރަށަކީ ރަށު ޓޫރިޒަމް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އއ. ރަސްދޫ އެވެ. އެ ރަށުގައި އަލަށް ހަދާ އިންޖީނު ގޭގައި މިހާރު ހުރި 754 ކިލޯވޮޓްގެ އިންޖީނުގެ ބަދަލުގައި 5 މެގަވޮޓްގެ އައު އިންޖީނެއް ބަހައްޓާނެ އެވެ.

ސްޓެލްކޯ އިން ބުނީ ރަސްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއަކީ އެރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ ކަމަށެވެ.