އަބްދުﷲ ޒިޔަތު

ޒިޔަތުގެ އިސްތިއުނާފު އަޑު އެހުން ވެސް ނިންމާލައިފި

Nov 2, 2015

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދަށް 15 ދުވަސް ޖެހުމުން ހައިކޯޓްގައި ކުރި އިސްތިއުނާފުގެ މައްސަލައިގެ އަޑު އެހުންތައް ވެސް މިއަދު ނިންމާލައިފި އެވެ.

ޒިޔަތުގެ މައްސަލައިގެ އަޑު އެހުންތައް ވެސް ކުރިޔަށް ގެންދިޔައީ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ކުރިޔަށް ގެންދިޔަ ގޮތަށް ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މިއަދު އަޑުއެހުންތައް ނިންމާލި އިރު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުން ބުނެފައި ވަނީ އިތުރު ކަމެއް ޝަރީއަތަށް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމުން ކަމަށެވެ.

ޒިޔަތު ހައްޔަރު ކުރީ މިދިއަ މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.