ޓެކްނޯލޮޖީ

ދެ މިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާ ކޮށްފި

ދެމިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާ ކުރަން ބްރެޒިލްގެ ކޮންޒިއުމާ ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފި އެވެ. ފައުންޑޭޝަން ފޮ ކޮންޒިއުމާ ޕްރޮޓެކްޝަން އެންޑެ ޑިފެންސްއިން ބުނީ އެޕަލް ޖޫރިމަނާ ކުރަން ޖެހުނީ އައިފޯން 12 އާއެކު ޗާޖަރު ނުދޭތީ ކަމަށެވެ.

އެޕަލްއިން މިދިއަ އަހަރު، އޮކްޓޯބަރު 2020 ގައި ބުނެފައިވާ ގޮތުން އެ ތާރީހަށް ފަހު ނެރޭ އައިފޯންތަކާއެކު ޗާޖަރު އަދި އިއާބަޑް ނުހިމަނާނެ އެވެ. އެއީ އިލެކްޓްރޯނިކް ކުނިބުނި ގިނަވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށެވެ.

އެޕަލްއިން މިގޮތަށް އަމަލު ކުރަން ފެށީ ޔޫރަޕިއަން ޔޫނިއަނުން އެޕަލްއަށް އެންގި އެންގުމަކަށް ތަބާވުމުގެ ގޮތުންނެވެ. އީޔޫއިން ބުނީ ކޮންމެ ފޯނަކާއެކު ޗަޖަރެއް މުހިންމު ނުވާނެ ކަމަށާއި ޗާޖަރަކީ ބޭނުންޖެހިގެން ވަކިން ގަންނަން ލިބޭ އާލާތަކަށް ހަދަން ފެންނަ ކަމަށެވެ.

އެޕަލްއިން ބުނީ އައިފޯނު ފޮށީގެ ތެރެއިން ޗާޖަރު ނެގުމުން ފޮށި ކުޑަކުރެވޭ ކަމަށެވެ. ކަރުދާސް ގިނައިން ބޭނުން ކުރުމަކީ ވެސް ތިމާވެއްޓާ ރައްޓެހިކަމެއް ނޫން ކަމަށެވެ. އައިފޯން ފޮށި ކުޑަ ކުރމުން ޝިޕިން ހަރަދު އެ ނިސްބަތުން ކުޑަވާ ކަމަށް ވެސް އެޕަލްއިން ވަނީ ބުނެފަ އެވެ.

ބްރެޒިލްގެ ރެގިއުލޭޓަރު ބުނަނީ އެޕަލްއިން އެ ބުނާހާ ބަދަލަކުން ފައިދާވަނީ އެ ކުންފުންނަށް ކަމަށެވެ. ބޭނުންކުރާ މީހުންނަށް ނޫން ކަމަށެވެ. އަނެއްކޮޅުން އެޕަލްއިން އައިފޯނުތައް ސޮފްޓްވެއާ އަޕްޑޭޓްކުރާ ކޮންމެ ފަހަރަކު ފޯނުތަކުގައި ކޫސަނި މައްަސަލަ އުޅޭ ކަމަށައި ޓެކްނިކަލް ސަޕޯޓް އެޕަލްއިން ނުދޭ ކަމަށެވެ.

އެޕަލް ނޫނަސް ވިޔަފާރި ސާމާނު އުފައްދައި ވިޔަފާރިކުރާ ކުންފުނިތަކުން ގައުމުތަގެ އާންމު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަންޖެހެ އެވެ. އެގޮތުން އެޕަލްއިން ދެ މިލިއަން ޑޮލަރު ޖޫރިމަނާ ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. އެޕަލްއަށް މިވަރުގެ ޖޫރިމަނާއަކީ އެކައްޗަކަށް ވެސް ނުވާނެ އެވެ. އެޕަލްއަށް މިއަހަރުގެ މި ހިސާބަށް 111.4 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.