ރައްޔިތުންގެ މަޖިލިސް

އަޑު ނުލިބޭތީ މަޖިލީހުގެ ޖަލްސާ ލަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭނުންކުރާ އޯޑިއޯ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން މަޖިލީހުގެ ޖަލްސާ ފެށުން ލަސްވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެެއްވަމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުން ލަސްވަނީ އޯޑިއޯގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް ހައްލުވާނެ ވަކިވަގުތެއް ޒިޔާއު ވިދާޅުވެފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮތީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާ ސުވާލު ކުރެއްވުމެވެ.

މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުގެ ރިޕޯޓްތަކަށް ބަހުސްކުރުމާއި ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުން ހިމެނެ އެވެ.