އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޝިޔާމް ޕޮޒިޓިވްވިކަން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އަވަސްއަށް ކަށަވަރުވެސް ކޮށްދެއްވައިފަ އެވެ. ނަމަވެސް ޝިޔާމް ޕޮޒިޓިވްވީ ކޮންއިރަކު ކަމެއް ޒިޔާއު ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާފައިވީ ނަމަވެސް މިއަދުގެ ޖަލްސާއަށް ވެސް ޝިޔާމް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އެހެންނަމަވެސް ޝިޔާމްގެ ކޮންޓެކްޓެއް މަޖިލީހުގައި ނެތް ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ޒިޔާއު ވިދާޅުވީ ޝިޔާމްގެ ކޮންޓެކްޓް ޓްރޭސިން އެޗްޕީއޭއިން ކުރިއަށް ގެންދާނެ ކަމަށެވެެ.

ޝިޔާމްއަށް ކޮވިޑް ޖެހިފައިވާއިރު މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ކޮވިޑް ވެކްސިން ޖައްސަވައިފަ އެވެ. ނަމަވެސް ޝިޔާމް ވެކްސިން ޖެއްސެވިކަން ޔަގީނެއް ނޫނެވެ.

މިއީ ކޮވިޑަށް ޕޮޒިޓިވްވި މަޖިލީހުގެ ދެވަނަ މެމްބަރެވެ. މީގެ ކުރިން ޕޮޒިޓިވްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެވެ.