މުލީއާގޭ ކައިރީގައި ގޮއްވާލަން ތައްޔާރުކޮށްކޮށްފައިވާ ސްޓިކް ޑައިނަމައިޓް، އައިއީޑީއެއް އަތުލައި އެ ނޮގޮވާނެ ގޮތަށް ޑިފިއުސްކޮށްފި އެވެ. އެއެމްއެންޑީއެގެ ކެޕްޓަން އިހުސާން އަލީ މިރޭ ވިދާޅުވީ އެ ހިސާބުގައި އެއްޗެއް ގޮއްވާލަން އުޅޭކަމުގެ މައުލޫމާތު އިއްޔެގެ ވަގުތުން ފެށިގެން އިންޓެލިޖެންސަށް ލިބެމުން ދިޔަ ކަމަށާއި އެ މައުލޫމާތުގެ އަލީގި ހޯދަމުން ގޮސް އެކަން ޔަގީންވީ މިއަދު ހަވީރު 4:00 ޖެހިއިރު ކަމަށެވެ.
އޭނާ ވިދާޅުވީ ޔަގީން ކުރެވުީ މުލީއާގެ ހިމެނޭ ސަރަހައްދުގައި ބަޔަކު އެއްޗެއް ގޮއްވާލަމުން ރާވަމުން ދާ ކަމަށެވެ އަދި އެކަން ބަލައި ހޯދަމުން ގޮސް 4:10 އެހަކަންހާއިރު އިހިސާބުގެ ކޮން ސަރަހައްދެއްކަން ޔަގީން ކުރެވި، ކޮންފޯމް 5:00 ޖެހި އިރު ޔަގީން ކުރެނުތަން ބެލި ކަމަށެވެ.
"ބެލި އިރު އެއީ މުލިއާގޭ ދެކުނުން ވަތްފަރާތުގައި އޮންނަ ނޫރާނީ ގޯޅީގައި ހުންނަ ހިތިގަސްދޮށުގޭއާގޭ ކުރިމަތި. އެތާ ޕަކކށްފައިވާ ހުދުކުލައިގެ ބޮޑު ލޮރީއެއްގެ ބެޓެރި ކޮމްޕާޓްމަންޓްގެ މަތީގައި ބަޔަކު އޭތި ބާއްވާފައި އޮތީ،" އިހުސާން ވިދާޅުވި އެވެ.
މުލިއާގޭ ކަނަށް ވާގޮތަށް އޭތި ބާއްވާފައި އޮތީ ހުދު ކުލައިގެ ޓީޝާޓެއް އޮޅައި ފޮތޮ ކޮތަޅަކަށް ލާފައެވެ. އިހުސާން ވިދާޅުވީ ބާއްވާފައި ވަނީ މިއަދު ކަމަށެވެ.
އޭނާ ވިދާޅުވީ ގޮތް ނޭންގޭ އެ އެތި އެއީ ގޮވާ އެއްޗެއް ކަމަށް ޝައްކުވާތީ އެމްއެންޑީއެފްގެ އޮޕަރޭޝަން ލޯންޗުކޮށް ސިފައިންގެ ކަމާބެހޭ ޓީމްތައް އެތަނަށް ގޮސް ބެލި ކަމަށާއި ބެލި ބެލުމުން އެއީ ގޮވާއެއްޗެއް ކަމަށް ލަފާ ކުރެވި ޕްރޮޓޮކޯލްތަކާ އެއްގޮތަށް ކަމާބެހޭ ހުރިހާ ޔުނިޓެއް ބައިވެރިވެގެން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެއާމެދު އަމަލު ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
"އެހިސާބުން ފުުހުންގެ އެހީތެރކަމަށް އެދުނީ ކޯޑަން ކުރަން. އަދި އެއީގޮވާ އެއްޗެއްކަން ކަށަވަރުވި ހިސާބުން އެ ސަރަހައްދުގައ ތިބި އާންމު ރައްޔިތުން އެއްފަރާތްކޮށް ޖެހިގެންހުރި އިމާރާތގެ އުޅޭ އެންމެެން އެވަކުއޭޓްކުރީ ފުުލުހުންގެ އެހީގައި،"
އިހުސާން ވިދާޅުވީ ޓީމްތަކުން އޭތި ބަލައި ނިންމުނީ އެތަނުގައި އެ ގޮއްވާލިޔަސް ނައްތާލިޔަސް އަދި ކޯންޗެއް ޔަގީން ވިޔަސް އެއީ ފަހަރުގައި ގޮވާފާނެ އެއްޗަކަށްވާތީ ރައްކާތެރި ގޮތަކީ ރައްޔިތުންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް ތަނަށްވެސް ގެއްލުން ކުޑަވާނެ ގޮތަކަށް އަމަކު ކުރަން ކަމަށާއި މާފަންނު ސްޓޭޑިަމަކީ އޯޕަން ވަރަށް ބޮޑު ގްރައުންޑެއް އޮންނަ ތަނަކަށް ވެފައި އެތަނށް ގެންގޮސް ރައްކާތެރި ކަމާއެކު އަމަލު ކުރަން ނިންމީ ކަމަށެވެ.
ސްޓޭޑިއަމަށް ގެންދިޔައ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށާއި އޮތްތަނުގައި ބާއްވައިގެން ޑިފިއުސް ކުރަން އުޅުމަކީ ބައެއް ފަހަރާ ގޮވުން އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ކޮންޗެއްކަން ނޭނގި ކަނޑުމަގުން ގެންދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި ސްޓޭޑިއަމަށް ގެންދިއުމުގައި އޭގެ ބަރުދަނަށް ބަލައ އެއިން ގެއްލުމެއް ނުލިބޭނެ ފަދަ ސަރަހައްދަކަށްވާތީ ކަމަށެވެ.
"ސިފައިންނާ ފުލުހުން ގުޅިގެން އޭތި ރައްކާތެރި ކަމާއެކު ގެންގޮސް އެކްސްޕްލޯސިވް އޯޑިނެންސް ޓީމްތަކުން އެ ބަލައި ކޯންޗެއްތޯ ޔަގީން ކުރީ. އެއީ ގޮވާ އެއްޗެއްކަން ޔަގީން ވި ހިސާބުން ފެށިގެން ރައްކާތެރި ކަމާއެކު ފޮރެންސިކް ޓީމްތަކަށް މައުލޫމާތު ދެވޭނެ ހުރިހާ އެއްޗެއް ރާއްކާ ކުރެވޭތޯ މަސައްކަތް ކުރަމުން ސަލާމަތީ ގޮތުން އެއީ ރާއްކާތެރި އެއްޗަކަށް ހެދުމަށްޓަކއި ކުރަންޖެހޭ ކަންކަން ކުރީ،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ނުގޮވަނެ އެއްޗަކަށް ހަދައި އޭގެ ޕަވަސޯސް ޑިސްކެނެޓް ކުރެވުމާއެކު ފުލުހުންގެ ތަހުގީގު ޓީމްތަކަށް އެހިސާބަށް އެކްސެސް ދީ، އޭގެ ފަހުން ފުލުހުން ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އޭގެ ބައެއް އާލާތްތައް އޭގެ އެކްސްޕްލޯސިވް ޗާޖް ކަމަށް ބެލެވޭ ބައި ނެގި ކަމަށެވެ. އަދި އޭގެ އެހީގައި އެއީ ސްޓިކް ޑައިނަމައިޓްއެއް ކަން ކަށަވަރު ކުރި ކަމަށެވެ.
"އެއީ އޭގެ ޒާތުގައި ވަރަށް ބާރުގަދަ އެއްޗެއް. އާންމު ގޮތެއްގައި ބޭނުން ކުރަނީ ފަރުބަދައް ކެނޑުމަށާއި ބޮޑެތި ފަރުބަދައިގެ ތެރެއަށް ހޮހޮޅަ ކެނޑުމަށް ބައެއް ފަހަރާ ފަރުގޮއްވަން ވެސް ބޭނުން ކުރެވިދާނެ އެއްޗެއް އެއީ،"
އިހުސާނު ވިދާޅޫވީ ސްޓިކް ޑައިނަމައިޓަކީ އެންމެ ބާރުގަދަ އެއްވައްތަރުގެ އެކްސްޕލޯސިވް ޑިވައިސްގެ ގޮތުގައި ހިމެނޭ އެކަތި ކަމަށާއި އެއާއެކު ބޮޑެތި ސައިޒްގެ ހަތަރު ބުރި ބެޓްރި ޕްރައިމަރީ ސޯސްގެ ގޮތުގައި ތައްޔާރުކޮށްފައިވާއިރު ސެކެންޑަރީ ޕަވަސޯސެއްގެ ގޮތުގައި ރިމޯޓް ކާރުގައި ގެންގުޅޭފަދަ އެއްޗެއްވެސް އޮތް ކަމަށެވެ.
އިހުސާން ވިދާޅުވީ މި ސައިޒްގެ އެއްޗެއް ގޮވައިފިނަމަ ވަރަށް ބޮޑު ޑެމޭޖެއް އަންނާނެ ކަމަށާއި ސަބަބަކީ މިއީ އެކްސްޕްލޯސިވްސްގެ ތެރޭގައި ހިމެނޭ ވަރަށް ބާރުގަދަ ވައްތަރެއް ކަމަށާއި މީތީ އާންމުކޮށް ބޭނުން ކުރަނީ ވަރުގަދަ ބޮޑެތި ފަރުބަދާގައި ލޯވަޅު އަޅައި އެތެރެ ގޮއްވާލަން ކަމަށެވެ.
"މީގެ އިތުރުން ރިމޯޓުން އޭތި އިނީސިއޭޓް ކުރެވިދާނެ ސިސްޓަމެއްވެސް ފެނުނު. އޭގައި އެންޓަނާއެއްވެސް ހުރި ގަބޫލު ކުރެވޭ ގޮތުގައި މިއީ ދުރުގައި ތިބެގެން ގޮއްވާލަން ތައްޔާރުކޮށްފައިވާ އެއްޗެއް،" އިހުސާން ވިދާޅުވި އެވެ.
އިހުސާނުން ވިދާޅުވީ މި މަސައްކަތުގައ ދިޔަ ހިސާބުން ތަހުގީގުތައް ކުރިޔަށް ގެންދަނީ ފުލުހުން ކަމަށާއި އެއީ ކޮންބަޔަކު ކުރި ކަމެއްތޯ އާއި އޭގެ އަސްލާ ހަމައަށްދިއުމުން ފުލުހުން އެ މައުލޫމާތު ދޭނެ ކަމަށާއި ސިފައިންގެ ދައުރަކީ އެ ފެނުނު ހިސާބުން ފެށިގެން އެއީ ސޭފް އެއްޗަކަަށް ބަދަލު ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ލައިފަށް އެ އަހަރު ލިބޭ އެއްޗެއް ކަމަށާއި މިއީ އެމްއެންޑީއެފާ ގުޅުން އޮތް އެއްޗެއް ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
މިއަދު އިރު އޮއްސުނު ވަގުތު ފެނުނު މި އައިއީޑީއާއެކު މުލީއާގެ ހިމެނޭ ސަރަހައްދާއި ސްޓޭޑިއަމް ހިމެނޭ ސަރަހައްދު ބަންދުކޮށް އެ ސަރަހައްދު ތަކުން މީހުން ހުސްކޮށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ ކުއްލި އަދި ބޮޑު އޮޕަރޭޝަނެއް ފެށުމާއެކު އާންމުންގެ ވަރަށް ގިނަ ބަޔަކު ހާސް ކަމުގެ ތެރެއަށްދިޔަ އެވެ. އަދި ބޮމެއް ގެ އިންޒާރު ދީފައިވާ ކަމަށް އަޑުތައް ފެތުރުމާއި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރަނީ ކަމަށް ބުނެ އަޑުތައް ފެތުރުމާއެކު ހާސްކަން އިތުރަް ބޮޑުވި އެވެ. އެ ހާސްކަން ފިލީ އައިއީޑީއެއް ފެނުނު ކަމަށް ހޯމް މިިނިސްޓަރު އުމަރު ނަސީރު ކަށަވަރު ކޮށްދެއްވުމާއި ސްޓޭޓް އޮފް އިމަޖެންސީ އިއުލާނު ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ކަށަވަރުކޮށް ދިނުމުންނެވެ.