ކުޅިވަރު

މެސީއާ ރޮނާލްޑޯގެ ސޮއި ކުރުވުން އުނދަގުލެއް ނޫން

ބެކަމް
0%
0%
0%

ޑޭވިޑް ބެކަމްގެ ކޯ އޯނާޝިޕްގެ ދަށުން ހިންގާ، އެެމެރިކާގެ އިންޓަ މިއާމީގެ ޓީމަށް، ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއި ކުރުވުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ބެކަމް ބުނެފި އެވެ.

އިންޓަ މިއާމީގެ އެއް އޯނަރަކީ ބެކަމް އެވެ. އީއެސްޕީއެންގައި ވާހަކަ ދައްކަމުން ބެކަމް ބުނީ މިއާމީގެ ޕްރޮޖެކްޓް އޭނާގެ ޓީމުން އިއުލާން ކުރި ހިސާބުން އެ ކުލަބަށް ގެންނާނީ މަޝްހޫރު ކޮން ކުޅުންތެރިނެއްތޯއާ މެދު އާންމުން ވާހަކަ ދައްކާ ކަމަށެވެ. ރޮނާލްޑޯ މެސީ އަދި ނޭމާ އާވެސް އިންޓަ މިއާމީ އާ ގުޅުވައި ދައްކާ ވާހަކައަށް ބެކަމް އިޝާރާތް ކުރި އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ބެކަމް ބުނީ، އިންޓަ މިއާމީއަށް ބަދަލު ވުމަކީ އެ ކުޅުންތެރިންނަށް ވެސް ނިންމަން އުނދަގޫ ނިންމުމަކަށް ނުވާނެ ކަމަށެވެ.

"ހަމަ ޔަގީނުންވެސް މިއާމީއަކީ ވަރަށް ފަސޭހަ ސިޓީއެއް އަހަންނަށް އިހްސާސް ކުރެވޭ އަހަރެމެންގެ ފަހަތުގައި ވަރުގަދަ ފޭން ބޭސްއެއް އޮތް ކަން އަދި އޭގެ އިތުރަށް މޮޅެތި ކުޅުންތެރިން ވެސް މިއާމީ އާއި ދެކުނު ފްލޮރިޑާގައި އެބަތިބި އަހަންނަށް ހީވަނީ އަހަރެމެންނަށް ވަރަށް ގިނަ ފުރުސަތު ހުޅިވިފައި އޮތް ހެން،" ބެކަމް ބުންޏެވެ. "ޔޫރަޕްގައި ކުޅެމުންދާ މަޝްހޫރު ތަރިންގެ ޝައުގުވެރިކަން ދަމައިގަންނަ ސިޓީއަކަށް މިއާމީ ވެގެންދާނެ."

މިއާމީއަށް ޔޫރަޕްގައި މިހާރު ކުޅޭ މަޝްހޫރު ކޮންމެ ކުޅުންތެރިޔަކު ބަދަލުވިޔަސް އެ ކުޅުންތެރިން ކުޅޭނީ މިހާރު ވެސް މިއާމީއަށް ކުޅެމުންގެންދާ ގޮންޒާލޯ ހިގުއައިން އާއި ބްލެއިސާ މަޓްއީޑީ އަދި އަދި ރަޔާން ޝޯކްރޮސް އާއެކު އެވެ. އެ ޓީމުގެ ކޯޗަކީ، ޔުނައިޓެޑްގައި ބެކަމް އާއެކު ކުޅުނު ފިލް ނެވީލް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345