ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުގެ 92 ޕަސެންޓަށް ވެކްސިން ދީފި

Mar 23, 2021

ފުލުސް އިދާރާގައި މަސައްކަތް ކުރާ 92 ޕަސެންޓް މީހުނަށް ކޮވިޑް ވެކްސިން ދީފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފުލުހުންނާއި މަދަނީ މުވައްޒަފުން ހިމެނޭ ގޮތަށް 92 ޕަސެންޓް މުވައްޒަފުންނަށް ކޮވިޑް-19 އިގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ.

ކޮމިޝަނާ އިތުރަށް ވިދާޅުވީ ފުލުހުންގެ އިދާރާގައި ގާއިމުކޮށްފައިވާ ޑީއެންއޭ ލެބޯޓަރީއަކީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ލެބޯޓަރީއެއް ކަމަށެވެ.

ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް-19 އިގެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންގެ މެޑިކަލް ބޯޑުގެ ބެލުމުގެ ދަށުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 123،227 ދީފަ އެވެ. އަތޮޅުތަކުން މިހާތަނަށް 97،541 މީހަކަށް ވެކްސިން ދީފައިވާ އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އިއްޔެ ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިން ދޭން ފަށާފަ އެވެ.