އަބްދުﷲ ޖާބިރު

ޖާބިރުގެ ތާއީދު ދެއްވީ އަނަސްއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަަަމަށް ވާދަ ކުރައްވާ އަނަސް އަބްދުއް ސައްތާރަށް ތާއީދު ކުރައްވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އަނަސްއާއެކު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މޭޔަރު ކަމަށް ވާދަ ކުރައްވަ އެވެ. ދެން ވާދަ ކުރައްވަނީ އަލްހާން ފަހުމީ އެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ޖާބިރު ވިދާޅުވީ މޭޔަރު ކަަމަށް އަނަސް ގެންނަން ތާއީދު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ކުރީގެ ސަރުކާރުގައި ކަންތައްތައްތައް ކުރައްވާފައިވާ ގޮތްތަކާ މެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ.