ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

އުނގޫފާރު ކްލަސްޓާ: ނައިފަރު މޮނީޓަރިންއަށް

ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް-19 ކްލަސްޓާ އާއި ގުޅުންހުރި މީހަކު ޅ. ނައިފަރުން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެރަށުން ޕޮޒިޓިވްވެފައި އުނގޫފާރަށް ދިޔަ މީހެކެވެ. އޭނާއަކީ މިމަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރަށް ދިޔަ މީހެކެވެ.

ފާދިއްޕޮޅު އަތޮޅު ހޮސްޕިޓަލުން ބުނީ މި ކޭސްއާއި ގުޅިގެން މިހާތަނަށް 80 އަށްވުރެ ގިނަ ސާމްޕަލް ނަގައިފައިވާ ކަމަށާ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އަދި ނޭންގޭ ކަމަށެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ ކޮވިޑާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ނައިފަރަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އުތުރުގެ ރަށްރަށު މީހުން ސިއްހީ ހިދުމަތް ހޯދަން އާންމުކޮށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އުނގޫފާރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާޗް ދޭއްގެ ފަހުން އެރަށަށް ގޮސްފައިވާ މީހުން އެ މީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އެންގުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ މުއްދަތުގައި އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އަންގާފައެވެ.