ކްލަބްހައުސް މިވަގުތު ޚާއްސަކޮށްފައި ވަނީ އައިއޯއެސް ޑިވައިސްތަކަށެވެ. އެންޑްރޮއިޑް ޑިވައިސްތަކަކަށް އަދި ނުލިބެ އެވެ. އުންމީދަކީ އެންޑްރޮއިޑް ފޯނުތަކަށް ލަސްތަކެއް ނުވެ ލިބުމެވެ.
އެންޑްރޮއިޑް ފޯނުތަކަށް ކްލަބްހައުސް ލިބުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ކުންފުނީގެ ސީއީއޯ ޕޯލް ޑޭވިސަން ޓެކްކްރަންޗްއަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ކަމަށް ޓެކްކްރަންޗްއިން ބުނީ އެންޑްރޮއިޑް ޑިވައިސްތަކަށް ކްލަބްހައުސް ފުރިހަމަކުރުމަށް ބުރަމަސައްކަތްތަކެއް ކުރައްވާ ކަަށެވެ. އަދި އެންމެ ހިތްހަމަޖެހޭ ފީޗާތަކާއް ހިމަނާ ނަމަ ވަކި ތާރީޚަކަށް ވައުދުވެ ވަޑައިގަންނަވަން ދަތިކަމަށެވެ.
ސިއީއޯގެ ވާހަކަތަކަށް ބަލާއިރު، ކްލަބްހައުސް އެންޑްރޮއިޑް ފޯނުތަކަށް މިއަހަރު ފަހުކޮޅުވެސް ލިބިދާނެ އެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ވެސް ލިބިދާނެ އެވެ. ދުނިޔޭގައި ސްމާޓްފޯން ބޭނުންކުރާ އާބާދީއަށް ބަލާއިރު އެންޑްރޮއިޑް ޑިވައިސްތައް ވަރަށް ގިނަ އެވެ. އެހެންކަމުން ކްލަބްހައުސްއަށް ވެސް ފައިދާ ވާނީ އެންޑްއިޑް އެޕް އަވަސްކުރުމެވެ.
ކްލަބްހައުސްއަކީ ވޮއިސް ޗެޓް އެޕްލިކޭޝަނެކެވެ. ޗެޓް ކުރަން އޮންނަނީ އަނގަތެޅުމެވެ. ވާހަކަ ދެއްކުމެވެ. މިއީ ވައިބާ، އިންސްޓާގްރާމް އަދި ވަޓްސްއެޕް ކަހަލަ ޓެކްސްޓް ޗެޓް އެޕްލިކޭޝަނެއް ނޫނެވެ. އެކަމަކު ބެލެވެނީ މި ހުރިހާ އެޕްލިކޭޝަނަކުން ވެސް ވޮއިސް ޗެޓް ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.