ދުނިޔެ

އިޒްރޭލް އާންމު އިންތިހާބު: ނަތަންޔާހޫ ކުރީގައި

އިޒްރޭލު އާންމު އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީ ކުރި ހޯއްދަވަފި އެވެ. އެހެން ނަމަވެސް، ކޯލިޝަން ނުހަދައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްއިން ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އިޒްރޭލުގެ ޓިވީ ޗެނަލް 13 އިން ބުނާ ގޮތުން ލިކުޑް ޕާޓީއަށް 31 ގޮޑި ލިބިފައިވެ އެވެ. އެހެންކަމުން އާންމު އިންތިހާބުން އެހެން ޕާޓިތަކުގެ މައްޗަށް ކުރިހޯދާފައި ވަނީ ލިކުޑް ޕާޓީ އެވެ.

އިޒްރޭލުގެ ގާނޫނުހަދާ މަޖިލިސްގައި ހިމެނޭ 120 ގޮޑިއަށް ވާދަކޮށް ސަރުކާރެއް އެކުލަވާލުމަށް އަގުލަބިއްޔަތު ހޯދަން ޖެހެ އެވެ. އެއީ 61 ގޮނޑި އެވެ. މިއަދަދަށް އެއްވެސް ޕާޓިއަކަށް ގޮނޑިލިބިފައި ނެތުމުން ދެންޖެހޭނީ ކޯލިޝަނެއް އަހަދައި ސަރުކާރުން ބައިއަޅާށެވެ.

މިފަހަރުގެ އިންތިހާބުގައި ނަތަންޔާހޫގެ ކޯލިޝަނަށް 60 ގޮނޑި ލިބިފައިވެ އެވެ. އިދިކޮޅު ޕާޓިތަކުން ވެސް 60 ގޮނޑި ހޯދާފައިވެ އެވެ. އެހެންކަމުން ކްނެސެޓްގެ އަގުލަބިއްޔަތު ހޯދަން އިޒްރޭލުގައި ދެން ހިނގައިދާނީ ވަރަށް ވަރުގަދަ ވާދަވެރިކަމެކެވެ.

އިންތިހާބުގެ އަގުލަބިއްޔަތު ހޯއްދެވުމަށްޓަކައި ވޮޑުވަޒީރު ވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކުރައްވާފަ އެވެ. ކޮވިޑާ ގުޅިގެން ދިމާވި ދަތިތައް އާންމުނަށް ފަސޭހަކޮށްދެއްވުމާއި ރައްޔިތުންނަށް ކޮވިޑް ވެކްސިން ފޯރުކޮށްދެއްވުމުގައި ވެސް އެހެން ގައުމުތަކަށް ނަމޫނާދައްކަވާފައިވެ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫއަށް އަމިއްލަ ސަރުކާރެއް އެކުލަވާލަން ފުރުސަތު ލިބިވަޑައިނުގެއްނެވި ސަބަބަކީ ކޯޓުގައި ހިނގާ މައްަލަތައް ކަމަށް ވެސް ބުނެވެ އެވެ. އިންތިހާބު ބޯމަތިވެފައި ވަނިކޮށް ވެސް އިޒްރޭލުގެ މަގުތަކަށް އާންމުން ނިމުވެ ވަނީ ބޮޑުވަޒީރަށް ނޫނެކޭ ބުނެފަ އެވެ.

ޕާޓިތަކުގެ މެދުގައި މިހާރު ހުރި ފޯރީގައި ސަރުކާރެއް އެކުލަވާނުލެވިއްޖެ ނަމަ ގާނޫނީ ހުސްކަމެއްގެ ތެރެއަށް އިޒްރޭލް ވެއްޓޭނެ އެެވެ. މިގޮތް ބޭނުންނޫން ނަމަ ދެން އޮތް ގޮތަކީ ސިޔާސީ ލީޑަރުން ގޮތްދޫކުރެއްވައި ސަރުކާރެއް އެކުލަވާލަން ފުރުސަތުދިނުމެވެ.