ރ. މަޑުއްވަރި

މަޑުއްވަރީގައި އިހުތިޖާޖު ކުރަނީ

ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން ކުރިމަތީ އެރަށުގެ ބަޔަކު އިހުތިޖާޖު ކުރަން ފަށައިިފި އެވެ.

އެރަށުގައި އިހުތިޖާޖު ކުރަމުން ގެންދަނީ އެރަށު މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހަށް ހުށައަޅާފައިވަނިކޮށެވެ.

އިހުތިޖާޖު ކުރަމުންދާ މީހުން ދަނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރަން ގޮވާލަމުންނެވެ. ފުލުހުން ބުނީ އިހުތިޖާޖު ކުރަމުންދާ މީހުންނާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ ނޯތް ޑިވިޝަނަ ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށައެޅި ބަލަމުންދާ ކަމަަށެވެ.