ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ހޮސްޕިޓަލްގައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް، ރަަށް މޮނިޓަރިން އަށް

ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އޮތް މީހަކު ކޮވިޑަށް-19 އަަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ކޭސްއާ ގުޅިގެން ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަަށެވެ. އަދި އެ ކޭސްއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަން އެ ހޮސްޕިޓަލުންވެސް ވަނީ ބުނެފައެވެ. އަދި ރައްޔިތުން ކޮވިޑް ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް އިލްތިމާސް ކޮށްފައިވެއެވެ.