ގްރެފިކްސް ކާޑެއް ގަންނަން އުޅޭއިރު މުޅިން ވެސް އިވޭނީ މިކަލަ އަޑުތަކެވެ. އޭއެމްޑީއަށް ވުރެ އެންވީޑިއާ ކާޑުތައް ބާރުގަދަ އެވެ. ތިއަ މޮޑެލް އަށް ވުރެ ރަނގަޅު މޮޑެލްތައް މިހާރު އެބަހުއްޓެވެ. އެންމެ ފަހުގެ މޮޑެލްތައް މިހިރީ އެވެ. މިފަދަ ފިކުރީ ނުފޫޒުތަކާ ހެދި ބޭނުންވާ ރަނގަޅު ގްރެފިކްސް ކާޑު ގަތުން ދަތިކަމަކަށްވެ އެވެ.
ގްރެފިކްސް ކާޑެއް ގަންނަން ބޭނުންވާއިރު ކޮމްޕިއުޓަރު ގްރެފިކްސްއާ ބެހޭ ގޮތުން ކޮންމެސް އެއްޗެއް އެނގޭނެ އެވެ. މިސާލަކަށް ގްރެފިކްސް ކާޑެއް ގަންނަނީ ގޭމް ކުޅެން ނަމަ ކެޓަގަރީ އަކީ ގޭމް ގްރެފިކްސް އެވެ. އެނިމޭޝަން، ވީޑިއޯ އެޑިޓިން އަދި ހެވީވެއިޓް ގްރެފިކްސްއަށް ވެސް ބާރުގަދަ ކާޑުތައް އެބަ ހުއްޓެވެ.
އޭއެމްޑީ، އިންޓެލް އަދި އެންވީޑިއާ ގްރެފިކްސް ތަފާސްހިސާބުތަކަށް ބަލާއިރު، ގިނަ ކޮމްޕިއުޓަރުގައި ގްރެފިކްސް ވަކި ކާޑެއް ބޭނުމެއްނުކުރެ އެވެ. އަދި ކާޑެއް ހުއްޓަސް އެއީ ވަރަށް މުސްކުޅި ގްރެފިކްސް ކާޑެކެވެ.
ޒަމާނީ ކާޑެއް ހޯދަން ބާޒާރަށް ނިކުމެ ހޯދާލާއިރު މިހާރު މުޅިން ވެސް ފެންނާނީ އާޓެކްނޮލޮޖީ އެވެ. އަޑުއިވޭނީ "ރޭ-ޓްރޭސިން އެކްސަލަރޭޝަން" އަދި "ސްމާޓް ރިޒޮލޫޝަން އަޕްސްކޭލިން" ކަހަލަ ލަފުޒުތަކެވެ. މިއީ މިސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް އާލަފުޒުތަކެއް ނޫނެވެ. ގްރެފިކްސް ކާޑެއް ހޯދަން އުޅޭ އާންމު މީހަކު ޖެހެނީ މި ލަފުތައް އޮޅުންފިލުވާށެވެ.
ގްރެފިކްސް މާކެޓްގައި މަޝްހޫރު އެންވީޑިއާ އަދި އޭއެމްޑީއިން އެންމެ ފަހުން އުފެއްދި ކާޑުތައް ކިޔައިދޭނަމެވެ. އެކަމަކުވެސް މިއިން ކާޑެއް ފަސޭހަ ގޮތަކަށް އަތުޖެހިއްޖެ ނަމަ ނަސީބު ރަނގަޅުވީ އެވެ. ބުނެވނީ ކްރިޕްޓޯކަރަންސީއަށް މައިންކުރާ މީހުން ބާރުގަދަ ކާޑުތައް ބަައްކޮށް ހުސްކޮށްފި ކަމަށެވެ.
އަޖުމަބަލަލަން ރަނގަޅު ކާޑުތައް: އެންވީޑިއާ ޖީފޯސް: RTX 3060, RTX 3060 Ti, RTX 3070، RTX 3080, RTX 3090 އެވެ. އޭއެމްޑީ އޭޑިއަން: RX 6700 XT, RX 6800, 6800 XT 6900 XT އެވެ. އެހެންކަމުން އެންމެ ރަނގަޅު ހުރީ ބައިވަރު ކާޑެވެ. ކުރަންއުޅޭ ކަމަކާ އެކަށީގެންވާ އަގެއްގައި ލިބޭ ނަމަ އެންމެ ރަނގަޅު ކާޑަކީ އެއީ އެވެ.