ހަބަރު

ގޮވާތަކެތި ހޯދާ އާލާތްތައް ބޭނުންކޮށްގެން އެޗްޑީސީ ޗެއާގެ ގެ ފާސްކޮށްފި

Nov 3, 2015
4
  • މިއީ އެގެ ފާސްކުރި ދެވަނަ ފަހަރު
  • އަސީލް އަކީ މައްސަލައިގައި ހޯދާ މީހެއް
  • އެ ގޭގެ މުށިތައް ވެސް ތަޅާލައިގެން ބަލައި ފާސްކުރި

ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ދަށުން، ހެންވޭރުކޮޅުގައި ހުންނަ، އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު އަސީލްގެ ގެ ބަލައި ފާސްކޮށްފި އެވެ.

ޝަހީދު އަލީ މިސްކިތް ކައިރީ ހުންނަ، ހ. އައިދާ ބަލައި ފާސްކުރި މިއީ ދެވަނަ ފަހަރެވެ. އެގެ ބަލައި ފާސްކުރުމުގައި ފުލުހުން ވަނީ ގޮވާތަކެތި ދެނެގަތުމަށް ބޭނުން ކުރާ މެޓަލް ޑިޓެކްޓާ ވެސް ބޭނުންކޮށްފަ އެވެ. އަދި މަރުތޭލެއް ބޭނުންކޮށް އެގޭގެ އެޕާޓްމަންޓެއްގެ މުށިތަކެއް ވެސް ތަޅާ ހެދި އެވެ. އަދި ގަޑިއެއްހާ އިރު އެ ޕާޓްމަންޓްގައި ހޭދަ ކުރުމަށް ފަހު ފުލުހުން ވަނީ ބައެއް ތަކެތި ހިފައިގެން އެ އެޕާޓްމަންޓުން ގޮސްފަ އެވެ.

ފުލުހުންނާއި ސިފައިން ފާސްކުރުމުގެ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަނީ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާއަށް ފަހު އެވެ. އަސީލް އަކީ ރާއްޖެއިން ބޭރުގައި ހުރުމުން އެ މައްސަލައިގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. އަސީލް އަކީ އެޗްޑީސީ ޗެއާމަން ވެސް މެ އެވެ.