ޖިންސީ ފުރައްސާރަ

13 އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުމުރުން 13 އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެދު ރާއްޖެެތެރޭގެ އަތޮޅެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުން ނެވެ. އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވިއިރު މެދުއަތޮޅުތެރޭގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ. އަދި އެކަމާ ގުޅިގެން އެރަށުގައި މިހާރު ދަނީ މުޒާހަރާ ކުރަމުން ނެވެ. ރޭޕްގެ ތުހުމަތު ޓީޗަރަކާއި ޕޮލިހަކަށް ވެސް ކުރެވޭއިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ