ރައީސް އޮފީސް

ވެންޓިލޭޓަރު ހިޔާނާތް ބަލަން އިސްނެގިން: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު: މައްސަލަ ބަލަން އިސް ނެންގެވި ކަމަށް ރައީސް އޮފީހުން ބުނޭ
66.7%
0%
33.3%

ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮންމްޕަލްޔަންސް އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރު މުއާމަލާތް ހިންގުމުގައި ގޯސްތަކެއް ހުރިކަން ފާހަގަކޮށްފައި ވާތީ އެ މުއާމަލާތްތަކުގައި ކޮރަޕްޝަނެއް އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބޭ ގޮތަށް އަމަލު ކޮށްފައިވޭތޯ ބަލަން ދައުލަތުގެ އިދާރާތަކަށް އިސްވެ ހުށައެޅީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް ވަނީ އަންގާފަ އެވެ. އެކަމާއި ގުޅިގެން ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕީޖީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ޝަމީމްގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. އަދި ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު މުއާމަލާތް ހިންގުމުގައި ގޯސްތަކެއް ހުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާތީ އެ މުއާމަލާތްތަކުގައި ކޮރަޕްޝަނެއް އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބޭ ގޮތަށް އަމަލު ކޮށްފައިވޭތޯ ބަލަން ސަރުކާރުން އިސްވެ އޭސީސީ އާއި ފުލުހަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އެންގި ކަމަަށެވެ.

މި މައްސަލައާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލީ ގާނޫނު އަސާސީއން އެކަން މަތިކޮށްފައިވާ މިނިވަން ކޮމިޝަނުން ކަމަށާ އޭސީސީގެ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ފުރިހަމަ އެއްބާރުލުންވެ ސް ދީފައިވާނެ ކަމަށް ރަައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

"... އަދި އެ ތަހުގީގު ހިނގަމުންދިޔައިރު ވީހާވެސް އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލައިގެ ތުހުމަތު ކުރެވުނ ސަރުކާރުގެ އެންމެހައި މުވައްޒިފުން ތަހުގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނު،"

ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕީޖީ އާއީ އޭޖީއަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާ އަދުލުވެރިކަމާއކު ދައުވާ ކުރަން ފުރުސަތު ދިނުމަށް ކަމަށާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެ އުސޫލުތައް ނަގަހައްޓާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރުކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށްވެސް ބުނެފައެވެ.

36 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަހަށްދޭބަލަ

ސަރުކާރުން ރައީސް ނަޝީދަށް ރައްދު ދޭނީ އެއީ ސަރުކާރުގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީމައޭ ކެނެރީގެ ނަޝީދު ކިޔާ މީހަކު ނެތް ނަމަ އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަމެއް ވެސް ނުލިބޭނެއޭ އަދި މަޖްލީހުގެ މެޖޯރިޓީ އެއްވެސް ނުލިބޭނެއޭ ދެން ކޮވިޑް ވެންޓިލޭޓަރުން ރައީސް އޮފީހުގެ ބޮޑުން ތައް ވައްކަން ކޮށްފައި އެކަން ފޮރުވަން ވެގެން ކޮން ވާހަކަ އެއް ދައްކާކަށްތަ

އަމިޝް

މި ހިންނަވަރު ސޯލިހު އާ 3 އޭ ހަމްޒާޔާ ހާ މަ ފޫހިވާ ދެމީހުންމިދިނިޔޭގަވެސް ނުހުންނާނެ. ދޮގުހަދާދެމީހުން.

ޝިހާދް އަލީ

އިސް ތިރިއްޖެހުމާ މައްޗައް ޖެހުމަކީ ވ ވެސް ވިސްނުންފުޅު ތޫނުބޭބޭފުޅުން ކުރާކަންކަން

ޤާދިރު

އިސްނެގީ އެ ލާރިގަނޑު ބައިބަޔަށް ބަހާލަންތަ؟

ޑރ. ރާމީ ޙަސަން

އިސް ނެގިކަން އޮތީ ވަރަށް ރަނގަޅަށް އިނގިފަ. އަމީނު ގޭގަ ބަހައްޓައިގެން ބަރާބަރަށް މުސާރަ ދިން. އަމީނު ފޮނުވާފަ އޮތް ސިޓީ ވެސް ހީވަނީ ރަޙްމަތްތެރި އަކަށް ފޮނުވާފަ އޮތް ސިޓީ އެއްހެން. އެ ސިޓީގައި އޮތީ އަހަރެން ދެން ގޭގަ މަޑުކޮށްލަނިއްޔޭ. އިބޫ އިސް ނެގި ނަމަ އަމީނު މަސައްކަތެއް ނުކޮށް ގޭގަ ބަހައްޓައިގެން މުސާރަ ދެވިގެން ނުވާނެ. ޢަލީ ވަޙީދު އަށް ވެސް ކުރެވުނީ ތުޙްމަތް. ކީއްވެ ވަޤުތުން ވަކިކުރީ ؟ އަމީނު ކީއްވެ ވަކި ނުކުރީ ؟

ޝައްފަ

ތެދުފުޅެއް. އަމީނުއަމިއްލައަށް އިސްނެގީ. ތިރިންމައްޗަށް އޯޑަރު ފޮނުވާލީ އަމީނު.

ބާރު

ނަޝީދައް ކެއްވަނީއެއް ނޫން

އުބޭދު

ހިންނަވަރުކުދިންގެ ދޮންބެ

ރަންނަމާރި 6788

އުގައިލް އާ ތިކަން ހަވާލުކުރޭ.މިސަރުކާރަކައް ނުވާނެ ތިޔާކަމެއް

ޖާބިރު މަބިރު

ހައްލަ ހައްލަ ހުވާ ހުވާ ހައްލަ ހައްލަ މެރީ ކުރީ

މުނީރު

ރައީސް ނަޝީދު ހައްޔަރު ކުރޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345