ޗައިނާގެ ސްމާޓްފޯން ކުންފުނި، ޝޯމީ އިން އިލެކްޓްރިކް ވެހިކަލް އުފައްދަނީ އެވެ. ޝޯމީ އިން މިކަމާ ބެހޭ ގޮތުން މައުލޫމަތުދޭކަށް ބޭނުމެއް ނުވި އެވެ. ގްރޭޓް ވޯލް މޯޓާސް އިން ވެސް ބުނީ ވިޔަފާރި އެއްބަސްވުންތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތުދީ ނޫޅޭ ކަމަށެވެ.
ގްރޭޓް ވޯލް މޯޓާސްއާ ގުޅިގެން ޝޯމީން އިލެކްޓްރިކް ވެހިކަލް އުފައްދަން މަސައްކަތްކުރަމުން އަންނަ ކަމަށް މައުލޫމާތު ހުރި މީހުން ބުނެ އެވެ. އެހެންކަމުން، މިއީ ޝޯމީގެ ތަސައްވުރުގައި އޮތް ކަމެއް ކަމަށް ބެލިދާނެ އެވެ.
ޝޯމީއިން އިލެކްޓްރިކް ވެހިިކަލް އުފައްދާނީ ޗައިނާގަ އެވެ. މައުލޫމާތު ހުރި މީހުން ބުނާ ގޮތުން އެކުންފުނިން ގްރޭޓް ވޯލް މޯޓާސް އިހުތިޔާ ރުކުރީ ވެސް ޗައިނާގައި ވެހިކަލް އުފެއްދުމަށެވެ. އަދި އިލެކްޓިރިކް ވެހިކަލްތައް ނިސްބަތް ކުރާނެ ކަމަށް ވަނީ ޝޯމީ އަށެވެ.
ޝޯމީން އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ބޭނުމެއް ކަމަށް ބުނެވެނީ ސްމާޓްފޯން މާކެޓް ވާދަވެރިވެ ފައިދާ ކުޑަވުމެވެ. ސްމާޓްފޯން އުފައްދަން ބޭނުންވާ މައިކްރޮޗިޕް ލިބުން ދަތިވުމަކީ ވެސް ވިސްނުން ބަދަލުކުރަން ޖެހުނު ސަބަބެކެވެ. ސްމާޓްފޯން ސިނާއަތުގައި މަޝްހޫރު ކުންފުނިތަކުން، މިސާލަކަށް އެޕަލް އަދި ވާވޭ ވެސް އިލެކްޓްރިކް ވެހިކަލްއާ މެދު ވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން ވާހަކަތައް ހުރި ގޮތަށް ބަލާއިރު އެޕަލްއިން މާދަމާ ވެސް ސްމާޓް ކާރެއް މާކެޓަށް ނެރެފާނެ އެވެ.