ޑރ. މުހައްމަދު މުއިއްޒު

ފުރަތަމަ ދުވަހު ގުޅިފަޅުން ގޯތި ދޭން މަސައްކަތް ފަށާނަން: މުއިއްޒު

މާލޭގެ މޭޔަރުކަމަށް ހޮވި ވަޑައިގެންފިނަަމަ ގުޅި ފަޅުން ގޯތި ދެވޭނެ ގޮތްތައް ހޯދަން މަސައްކަތް ފައްޓަވާނެ ކަަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ މަގާމަށް ޕީޕީއެމް އިން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ކައިރީގައި އޮންނަ ގުޅި ފަޅު ހިއްކައިގޯތި ދިނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ކުރިމަތިލެއްވި އިރު އެމަނިކުފާނުގެ ރިޔާސީ ވައުދެ ކެވެެ. ނަމަވެސް މި ސަރުކާރުން އެ ޕްލޭންގައި ބަދަލުގައި ގުޅިފަޅުގައި ޕޯޓެއް އަޅަން ވަނީ ނިންމައިފަ އެވެ.

މިރޭ ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމްގައި މުއިއްޒު ވަނީ މި ސަރުކާރުން ގެންގުޅޭ ގުޅިފަޅުގެ ތަސައްވުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ ޕޯޓެއް ހެދުމުގައި ބަދަލުގައި ގުޅިފަޅުން ގޯތިދީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ޖެހޭ ކަަމަށާއި އަދި އޭރުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެދާނެ ކަަމަށެެވެ. އަދި ކިތަންމެ ގިނަ ފްލެޓް ތަކެއް އެޅިޔަސް ބޮހިޔާވަހިކަމުގެ ދާއިމީ ހައްލެއް ނުލިބޭނެކަން ފާހަގަކުރެއްވި އެވެ.

"ގުޅިފަޅު މިބަދަލުވަނީ އެތަނާ ނުބައްދަލ ކަމަކަށް. އެތަނުގައި ޕޯޓެއް ހެދުމަކީ އެތަނާ ނުބައްދަލުކަމެއް. ސަބަބަކީ
ޕޯޓަކީ އެތަނާ އެކަށީގެންވާ ތަނެއް ނޫން. ޕޯޓު އެޅިދާނެ. އެޅިޔަސް ޕޯޓް މީގެ އެކްސްޕޭންޝަނަށް ބަލާއިރު ކުރު މުއްދަތެއްގެ ތެރޭގައި އެތަނުގެ އިތުރު ތަނެއް ދެވަނަ ފިޔަވައްސެއްގައި ވެސް ހަދަން ޖެހޭ." މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ގުޅިފަޅުގެ ޕްލޭން ބަދަލުކުރިޔަސް އަދި ވެސް އުއްމީދު ގެއްލުވާނުލަން މުއިއްޒު މިރޭ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑާ މި މަސަައްކަތް ހަވާލުކޮށްފިނަމަ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ފަށާނީ މިދެންނެވި ގޮތަށް ގުޅިފަޅަކީ ގޯތި ދިނުމަށް ގެދޮރު ދިނުމަށް ހާއްސަ ތަނަކަށް ހެދޭތޯ ރައީސްއާ ހިސާބުން ސަރުކާރުގައި ދަންނަވައިގެން އެގޮތަށް އެކަން ބަދަލުކުރަން އެއީ މާލޭގެ ރައްޔިތުންގެ އަޑު އަޅުގަނޑު އިއްވައިދިނުން
މާލޭގެ ރައްުޔިތުންގެ ކިބައިން އެކަން ސަރުކާރުގައި ދަންވަވައިގެން މާލޭގެ ރައްޔިތުންނަށް ޓަކައި އެކަން ސަރުކާރުން އެބަ ކޮށްދޭން އެބަ ޖެހޭ. " މުއިއްޒު ވިދާޅުވި އެވެ.

އެ ފްލޭން ހަގީގަތަށް ހަދަން ދޫނުދީ ކެނޑިނޭކެނޑި މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު މިރޭ ވައުދުވެސް ވަޑަިއގެންނެވި އެވެ. އަދި އެކަމަކީ ހުދު މާލޭގެ ރައްޔިތުންގެ ވިސްނުންވެސް ކަމަށާއި މާލޭގެ ރައްޔިތުން ބޭނުންވާ ގޮތް ސަރުކާރުން ބޭނުންނުވާންވީ ކީއްވެގެންތޯ ސުވާލުކުރެއްވި އެވެ.

އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ އެ ޕްލޭން ކާމިޔާބު ނުވާނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ހެއްކަކަށް މުއިއްޒު ނެންގެވީ އެމަނިކުފާނު ކުރީ ސަރުކާރުތަކުގައި ކުރެއްވި ބުރަ މަސައްކަތް ތަކެވެ. މުއިއްޒު ވަނީ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ. އެ ދެ ރައީސުންނަށްވެސް އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވިކަން ފާހަގަކުރައްވައި ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އިންތިހާބް ވެއްޖެނަމަ އޭނާފެ ވެރިއަކަށް ވާނީ މާލޭގެ ރައްޔިތުން ކަަމަށެވެ. ހަމަ އެ އިހްލާސްތެރިކަމާއެކު މާލޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވާނެކަމުގެ ޔަގީންކަން އޭނާ މިރޭ ދެއްވި އެވެ.