ފިލްމުފެއާ އެވޯޑު ދިނުމުގެ ހަފުލާ ބާއްވަން ތައްޔާރުވެފައިވާއިރު ޓެކްނިކަލް އެވޯޑުތައް ލިބޭ ފަރާތްތައް އެ ހަފުލާގެ ކުރިން އިއުލާން ކުރެ އެވެ. އެގޮތުން މިއަހަރުގެ ފިލްމްފެއަ އެވޯޑުގެ ވެސް ޓެކްނިކަލް އެވޯޑުތަކުގެ ހައްގުވެރިން ވަނީ އިއުލާން ކޮށްފަ އެވެ.
އެންމެ މޮޅު ކޯރިއޯގްރަފީ (ނެށުން) އެވޯޑު މިފަހަރު ގެންދިޔައީ ފަރާ ޚާން އެވެ. "ދިލް ބޭޗާރާ"އަށް އޭނާ ތައްޔާރުކޮށްދިނުން ނެށުމަކަށެވެ. މިއީ ފަރާގެ ހަތް ވަނަ ފިލްމުފެއާ އެވޯޑު ނަމަވެސް މި އެވޯޑު އާދަޔާޚިލާފަށް ހާއްސަކޮށް އޭނާ ސޯޝަލް މީޑިއާގައި ޝެއާކުރި މެސެޖެއްގައި ބުނެފައި ވެ އެވެ.
"މި އެވޯޑު ވަރަށް ޚާއްސަ. މަގޭ ހަތް ވަނަ އެވޯޑު މީ. 'ދިލް ބޭޗާރާ' އަށް އަހަރެން ކޯރިއޮގްރާފްކޮށްދިން ލަފައެއް. މިއީ. އަދި ސުޝާންތު ސިންގް ރާޖްޕޫތާއެކު ކުރި ހަމައެކަނި މަސައްކަތް މިއީ. އަހަރެންގެ މޮޅު ކޯރިއޮގްރަފީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިފައިވަނީ ސުޝާންތުގެ ނެށުމަށް މޮޅުކަމުން. އެހެންވެ މި އެވޯޑާ ހަވާލުވާއިރު ވަރަށް ތަފާތު ޖަޒުބާތުތަކެއް މިއަދު އަހަރެންގެ ހިތުގައި ވަނީ. ޝުކުރިއްޔާ މުކޭޝް ބާއީ. (ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ). އަހަރެން ހީކުރީ މިއީ އަހަރެން ކަލެޔަށްކޮށްދޭ ހެޔޮ ކަމެކޭ. ނަމަވެސް ކަންވީ އެއާ މުޅިން އިދިކޮޅަށްކަން މިހާރު ވަރަށް ސާފު،" އިންސްޓަގްރާމްގައި ފަރާ ޝެއާ ކުރި މެސެޖުގައި ވެއެވެ.
މި ފަހަރުގެ ފިލްމުފެއާ އެވޯޑުގައި އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑު ލިބުނީ "ދޭވީ" އަށެވެ. މިހާރު ދުނިޔެ ދޫކޮށްފައިވާ ދެ އެކްޓަރެއް ބެސްޓް އެކްޓަރުގެ އެވޯޑަށް ނޮމިނޭޓް ވެފައި ވެއެވެ. އެއީ "ދިލް ބޭޗާރާ" ކުޅެގެން ސުޝާންތާއި "އަންގްރޭޒީ މީޑިއަމް" އިން އިރްފާން ޚާން އެވެ.