ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ގަދައިގައި ޖެހި އަޑިއަށް ދާތީ ސިފައިންގެ އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފި އެވެ.
ސިފައިން ބުނީ ތެޔޮ އުފުލާ އެ ބޯޓުގައި ތިބި ތިން މީހުން މިހާރު ވަނީ އެ ސަރަހައްދުގައި އޮތް ސަފާރީ އަކަށް ނަގާފައި ކަމަށެވެ.
މި ބޯޓު ދަތުރުކުރަމުން ދިޔައީ ހުޅުމާލެ ކައިރިން ކަނޑުގެ ސަރަހައްދުން ކަމަށް ވެސް ސިފައިންގެ އިން ވަނީ ބުނެފަ އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމީ އިންޒާރުތައް ވެސް ނެރެފަ އެވެ. އަދި ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ސަމާލުވާން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.