ޓެކްނޯލޮޖީ

އައިފޯނާއި އައިޕެޑްގައި އޮޕެރާ ޓަޗް އަކީ މިހާރު އޮޕެރާ

އޮޕެރާ ޓަޗް މާކެޓަށް ނެރުނު ފަހުން އަދި މިވީ ތިން އަހަރެއްހާ ދުވަހެވެ. އޮޕެރާ ޓަޗް މޮބައިލް ވެބް ބްރައުޒާ، އައިއޯއެސް ޑިވައިސްތަކުގައި، އައިފޯނާއި އައިޕެޑްގައި މިހާރު އެއީ އޮޕެރާ އެވެ. ނަމުގެ ފަހަތަށް ހުރި ހުރިހާ އަކުރެއް ފޮހެވި ދިއައީ އެވެ.

މޮބައިލް ބްރަައުޒާ މާކެޓްގައި ވާދަވެރިކަން ނެތް ޒާމާނެއް ނެތެވެ. މިއީ އެކަމަކު ވާދަވެރިކަން ވަކިން ބޮޑު އަހަރަކަށް ވާނެ ކަމަށް ބެލެވެ އެވެ. ކޮވިޑާ ހެދި ދުނިޔެ ތަޅުލެވި ގިނަ ވަގުތު ގޭގައި ތިބެން ޖެހުމުން މޮބައިލް އެޕްލިކޭޝަންތަކުގެ ދައުރު ފުޅާވެ ބޭނުންތެރިކަށް ވަނީ ވަރަށް ބޮޑުވެފަ އެވެ.

އޮޕެރާ ޓަޗްގެ ނަން ހަމައެކަނި އޮޕެރާއަށް ބަދަލު ކުރުމަށް ފަހު އެކުންުފުނިން ބުނެފައި ވަނީ އައިއޯއެސް ޑިވައިސްތަކަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

އޮޕެރާއަކީ ވިންޑޯޒްގައި ވެސް އޮޕެރާ އެވެ. އެންޑްރޮއިޑް އަދި އައިއޯއެސްގައި ވެސް އޮޕެރާ އެވެ. މިއިން ކޮންމެ ޑިވައިސްއެއް ބޭނުންކުރި ނަމަވެސް އޮޕެރާގެ ވައުދަކީ ލުއި ފަސޭހަ ކޮށްދިނުމެވެ.

މޮބައިލް ބްރައިޒާ މާކެޓްގަައި ވެބް ބްރައުޒާ ގިނަ ނަމަވެސް އޮޕެރާގެ މައްޗަށް ވަކި ބާރުގަދަ ބްރައުޒާއެއް ނެތޭ ބުނެވިދާނެ އެވެ. ޚާއްސަކޮށް އޮޕެރާގެ ފިޗާއެއް ކަމަށްވާ "މައި ފްލޯވް" ގެ ސަބަބުން ދެން ހުރި ބްރައުޒާތަކަށް ވުރެ އޮޕެރާގެ އަގު ބޮޑުވެ އެވެ. މިއީ ވެބް ބްރައުޒާއަކުން ތަޖުރިބާކުރެވުނު އެންމެ ބޭނުން ބޮޑު ފީޗާ އެވެ.

އައިއޯއެސް ޑިވައިސްތަކާ ޚިލާފަށް އެންޑްރޮއިޑް ޑިވައިސްތަކަށް އޮޕެރާ ތިން ދަރަޖައެއް، ތިން ވާޝަންއެއް ހުރެ އެވެ. އެއީ އޮޕެރާ، އޮޕެރާ މިނީ އަދި އޮޕެރާ ޓަޗް އެވެ. އަޖުމަބަލާލާށެވެ.