ކަނޑުމަތީގެ ހާދިސާ

ހާލު ޖެހުނު ޔޮޓަކަށް އެހީވެއްޖެ

Mar 31, 2021

ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ރިޔަލު ޔޮޓެެއް ރާއްޖޭގެ ސަރަހައްުދުން ހާލުގައި ޖެހުމާ ގުޅިގެން ސިފައިންގެ ކޯސްޓްގާޑުން އެހީވެއްޖެ އެވެ.

"ލަގާން" ޔޮޓް ހާލުގައި ޖެހުނީ ގއ. ވިލިނގިލީ އިރުމަތީ ފަރާތު ބޭރުން މިދިއަ ހޯމަ ދުވަހު އެވެ. ޔޮޓް ސަލާމަތްކޮށް އެހީވީ އެ ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއް ކަމުގައިވާ "އެކޯސަވާނާ" އާއި އިޓަލީގެ އެމްއާރްސީސީ ރޯމާ އާއި ދިވެހި ސިފައިންގެ ކޯސްޓްގާޑުންނެވެ.

ލަގާން މިހާރު އޮތީ ގއ. ވިލިނގިލީ ބަނދަރުގަ އެވެ. ޔޮޓުން ދަތުރުކުރި ދެ މީހުންގެ ހާލު ރަނގަޅެވެ.