އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި

Mar 31, 2021

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އލުން ހުޅުވާލައިފި އެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް އަލުން ހުޅުވާލީ ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 އަދި 12 މި ދެ ދުވަހު އެވެ. އެ ދެ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯމް ބަލައިގަންނާނެ އެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.