މުހައްމަދު މަބްރޫކް އަޒީޒް

އާމްދަނީގެ ނަންބަރުތައް އިތުރުވެ ސަރުކާރަށް ބޮޑު އުފަލެއް

ރާއްޖެއަށް އިގްތިސޯދީ ކުރިއެރުން މިއަހަރު އަންނާނެ ކަމަށް ސަރުކާރުން ކުރިން ލަފާކުރި އަންދާޒާއަށްވުރެ މާބޮޑު ކުރިއެރުމެއް މިއަހަރު ރާއްޖެއަށް ލިބޭނެ ކަމަށް މިހާރު ޔަގީން ކުރެވޭ ކަމުގައި ސަރުކާރުން ބުނެފި އެވެ.

ރާއްޖެއަށް އިގްތިސޯދީ ކުރިއެރުން މިއަހަރު އަންނާނެ ކަމަށް ސަރުކާރުން ކުރިން ލަފާކުރި އަންދާޒާއަށްވުރެ މާބޮޑު ކުރިއެރުމެއް މިއަހަރު ރާއްޖެއަށް ލިބޭނެ ކަމަށް މިހާރު ޔަގީން ކުރެވޭ ކަމުގައި ސަރުކާރުން ބުނެފި އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސޯދީ ހާލަަތު މިއަހަރު ވެސް ހުންނާނީ ގާތްގަނޑަކަށް މިދިޔަ އަހަރުވެސް ހުރި މިންވަރުގައި ކަމަށް ކުރިން ލަފާކުރި ކަމަށެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތު މިިދިޔަ އަހަރު ވަނީ 26 އާއި 29 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފަ އެވެ.

މަބްރޫކް ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 13 ޕަސެންޓަށް ކަމަށް ކުރިން ލަފާކުރި ކަމަށެވެ. އެކަމަކު މިއަދު ރާއްޖޭގެ އިގްތިސޯދީ ހާލަތު ތަފާތުވެ ސަރުކާރުން އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު ކުރިއެރުމެއް އަދަދުތަކުން ފެންނަ ކަމަށެވެ.

"މި އަހަރުގެ ކްއާޓާ އެކެއް، ޖެނުއަރީ، ފެބްރުއަރީ، މާޗް އަޅުގަނޑުމެން ނިންމާލިއިރުގައި އަޅުގަނޑުމެން މިތިބީ ފާސްޓް ސްޕޭސް ރިިކަވަރީއެއްގައި. މިހާރުގެ އާ އަންދާޒާއަކީ ކްއާޓާ ދޭއް އަޅުގަނޑުމެން ނިންމާއިރުގައި ގްރޯތް ޕާތަކަށް އަރާނެ ކަން. މާނައަކީ އިގްތިސޯދީ ކުރިއެރުންތައް ދެވަނަ ކްއާޓަރުގެ ތެރޭގައި ފެންނަން ފަށާނެ ކަން،" ރާއްޖޭގެ އިގްތީސޯދީ ކުރިއެރުންތަކުގެ އާ ލަފާކުރުންތައް ހުރި ގޮތް ހިއްސާ ކޮށްދެއްވަމުން މަބްރޫކް ވިދާޅުވި އެވެ.

މިއަހަރުގެ ކުއާޓާ އެކެއް، ޖެނުއަރީ، ފެބްރުއަރީ، މާޗް އަޅުގަނޑުމެން ނިންމާލިއިރުގައި އަޅުގަނޑުމެން މިތިބީ ފާސްޓްސްޕޭސް ރިިކަވަރީއެއްގައި. މިހާރުގެ އާ އަންދާޒާ އަކީ ކުއާޓާ ދޭއް އަޅުގަނޑުމެން ނިންމާއިރުގައި ގްރޯތް ޕާތަކަށް އަރާނެ ކަން. މާނައަކީ އިގްތިސޯދީ ކުރިއެރުންތައް ދެވަނަ ކުއާޓަރުގެ ތެރޭގައި ފެންނަން ފަށާނެ ކަން
މުހައްމަދު މަބްރޫކް އަޒީޒް | ތަރުޖަމާން

އިގްތިސޯދީ ކުރިއެރުންތައް ލަފާކުރާ ގޮތް ބަދަލުކުރަން ޖެހުނު ސަބަބުތައް ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ އެނދުގެ 85 ޕަސަންޓް މިހާރު ހިދުމަތް ދެމުންދާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ރާއްޖެއަށް 90،000 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށާއި މާޗް މަސް ނިންމާލާއިރު އެއް ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަން މިހެން މިވީއިރުގައި ރާއްޖޭގެ ޓޫރިޒަމްގެ މާކެޓް ޝެއާގެ ބޮޑު ޕަސަންޓެއް ހިއްސާކުރާ ޔޫރަޕާއި ޗައިނާގެ މާކެޓް މިހުރީ އަދި ރަނގަޅަށް ނުހުޅުވި. އެގައުމުތަކުގައި ހުރި ޓްރެވަލް ރެސްޓްރިކްޝަންތަކާއި ގައުމުތައް ހުރި ހާލަތާ ގުޅިގެން ދަތުރުކުރަން އެ ގައުމުތަކުން އަދި ނުފައްޓާ. އެއާ ނުލައި އަޅުގަނޑުމެންނަށް މިހާރު މިހުރީ އަޅުގަނޑުމެން ކޮންމެ މަހަކުވެސް ހީކުރި އަންދާޒާ އަށް ވުރެ މަތިން ރާއްޖެއަށް ޓޫރިސްޓުން ދަތުރުކޮށްފައި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގައިވެސް ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންދާތީއާއި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ގައުމުތައް ހުޅުވާލެވުމާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އިގްތިސޯދީ އަންދާޒާތައް އަދިވެސް ކުރިއަށް ޖެހިލާނެ ކަމަށެވެ. މަބްރޫކް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ލަފާކުރީ މިއަހަރު ނިމޭއިރު ރާއްޖެއަށް އަންނާނީ ހަ ލައްކަ ފަތުރުވެރިން ކަމަށެވެ. ނަމަވެސް ފަހުގެ ލަފާކުރުންތަކަށް ބަލާއިރު މިއަހަރު ނިމޭއިރު މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަން މިހާރު ޔަގީންވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދައުލަަތަށް މިއަހަރު ލިބުނު އާމްދަނީއާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ތިން މަސް ނިންމާލިއިރު ކޮންމެ މަހަކު ވެސްދައުލަތަށް ލިބުނު އާމްދަނީ ސަރުކާރުން ކުރިން ލަފާކުރި އަދަދުތަކަށް ވުރެ އިތުރު ކަމަށެވެ.

ވެކްސިން ޕްރޮގްރާމްގައި ކުރިއަށް އޮތް ހޮނިހިރު ދުވަހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ކަންވެސް ސަރުކާރުގެ ފަރާތުން މަބްރޫކް މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖެހުން ކަމުގައި ވިދާޅުވި އެވެ. މިކަމާ ގުޅިގެންވެސް އިގްތިސޯދަށް އަންނާނެ ހެޔޮ ބަދަލުތަކެއް ހުންނާނެ ކަންވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފަ އެވެ.

މަބްރޫކް ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނެވުނީ ސިއްހީ ދާއިރާގެ ބޭފުޅުންނާއި ކޮވިޑްގެ ކަންކަމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ބުރަ މަސައްކަތުން ކަން ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެކަން ފާހަގަކުރައްވާ މަބްރޫކް ވަނީ ސަރުކާރުގެ ފަރާތުން އެ ބޭފުޅުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުހަނު އުދަގުލުގައި މަސައްކަތް ކުރަމުން ވެސް ފަތުރުވެރިންނަށް ވަރަށް ރަނގަޅު ފެންވަރުގައި ހިދުމަތް ދެމުން ގެންދާ ކަންވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފަ އެވެ.

"އެކަންކަން އެބޭފުޅުން ކުރައްވާ ކަމާއި، އަދި އެބޭފުޅުން އެވާ ގުރުބާނީ އަޅުގަނޑުގެ ހިތުން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" މަބްރޫކް ވިދާޅުވި އެވެ.