ޓެކްނޯލޮޖީ

އައިފޯން 13 5ޖީ އަށް އޭ15 ބަޔޮނިކް ޗިޕްތައް އުފައްދަންފަށަނީ

މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި އައިފޯން 13 ނެރޭނެ އެވެ. އަހަރު މެދު ޖެހުމުން ސަޕޯޓަރުންނަށް އޮންނާނީ އާއައިފޯނު ނެރޭ ހަފުލާއަށް ތައްޔާރުވުމެވެ. އެކަމަކު ހަފުލާއަށް ދާންވާނީ ކޮންމެވެސް ކަމަކަށް އުންމީދު ކޮށްގެނެވެ. ދިގު ވާހަކައެއް ކުރުކޮށްލާފައި ބުނެދޭ ނަމެވެ. އައިފޯން 13އަށް ޑިޒައިންކުރި އޭ15 ބަޔޮނިކް ޗިޕްތައް މިއަންނަ މަހު އުފައްދަން ފަށާނެވެ.

އެޕަލްގެ އޭ15 ބަޔޮނިކް ޗިޕްއަކީ ބާރުގަދަ ޕްރޮސެސާއެކެވެ. އައިއޯއެސް ޑިވައިސްތަކަށް ޚާއްސަ ބަޔޮނިކް ޗިޕަކީ އެޕަލްއަށް ނޫން ބަޔަކަށް އޭގެ ސިއްރުތައް ނޭނގޭ ޕްރޮސެސާއެކެވެ. ޑިޒައިން ކުރަނީ އެޕަލްއިންނެވެ.

އައިފޯން 13ގައި މިއަހަރު ވެސް އާ ކުލަތައް ޖައްސާނެ އެވެ. އައިފޯން އާއިލާއަށް މުޅިން އާ ފީޗާތަކެއް ވެސް އާންމު ކުރާނެ އެވެ. މީގެ ތެރެއިން ގިނަ ފީޗާތަކަކީ އެންޑްރޮއިޑް ފޯނުތަކަށް ބާ ފީޗާތަކެއް ނަމަވެސް، ތަފާތަަކަށް ވާނީ އެޕަލްއިން އެފީޗާތައް ގެނެސް ދޭ ގޮތެވެ. އެޕަލްއަކީ ބާ އެއްޗެހީގައި މޮޅަށް ކުލަޖައްސަން ދަންން ކުންފުންނެކެވެ. ނުވީތާކަށް އެއިން ވިޔަފާރިކޮށް ވާދަވެރިނަށް ވުރެ ބޮޑު ފައިދާ ހޯދާ ކުންފުންޏެކެވެ.

ޓެކްނޮލޮޖީ ކުންުފުނިތައް އަންދާޒާކުރާ މީހުން ބުނާ ގޮތުން އޭ15 ބަޔޮނިކް ޗިޕްތައް އުފައްދަން އެޕަލްއިން މުޅިން ތައްޔާރުވެއްޖެ އެވެ. ޑިޒައިން މަރުހަލާ މުޅިން ނިންމައި ފެކްޓަރީތަކާ މަޝްވަރާ ކުރަން ވަނީ ފަށާފަ އެވެ. މިފަހަރު ވެސް ޗިޕްތައް އުފައްދައި ދޭނީ ޓައިވާން ސެމީކޮންޑަކްޓާ މެންފެކްޗަރިން ކޮމްޕެނީ "ޓީއެސްއެމްސީ" އިންނެވެ.

މަޝްރަހު ދިރާސާކުރާ މީހުން ބުނަނީ އައިފޯން 13 އަށް އެޕަލްއިން ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އޭގެ ތެރޭގައި އައިފޯންގެ ނޮޗް ކުޑަ ކުރުން ހިމެނެ އެވެ. އެހެން ނަމަވެސް ފޯނުގެ ޑިޒައިން ބޮޑަށް ވައްތަރުވާނީ އައިފޯން 12 އާ ކަމަށް ބުނެވެ އެވެ.