މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި

މޯލްޑިވްސް ޕޯސްޓުން ހއ. ދިއްދޫގައި ޕޯސްޓް އޮފީހެއް ގާއިމްކޮށް ހުޅުވައިފި އެވެ.

އަތޮޅުގެ ވެރިރަށް ދިއްދޫގައި އަލަށް ގާއިމުކުރި ފޯސްޓް އޮފީސް އިއްޔެ ހުޅުވައި ދެއްވީ އިދާރީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދެވެ.

ޕޯސްޓުގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ އެ އަމާޒަށް ވާސިލުވާން ނެޓްވޯކް ފުޅާކޮށް ތަރައްގީ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯމްގެ ތެރެއިންނައި ބައިނަލްއަގްވާމީ އެފަދަ ޕްލެޓްފޯމްތަކުގެ ތެރެއިން ހިނގާ ވިޔަފާރި މުއާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލްގެ ގާތްގަޑަކަށް 50 ޕަސެންޓަކީ އަތޮޅުތަކަށް އެޑްރެސް ކުރާ މޭލްތަކެވެ.

ރާއްޖޭގެ ހަތް އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ވެރި ރަށުގައި ޕޯސްޓް އޮފީސް ހުރެ އެވެ. ޕޯސްޓް އޮފީސް ނެތް އަތޮޅުތަކުގައި ޕޯސްޓް އޮފީސްތައް ގާއިމްކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ރަސްމީކޮށް ޕޯސްޓް އޮފީހެއް ހުޅުވާފައިވަނީ ސެޕްޓެމްބަރު 9، 1906 ވަނަ އަހަރު އެވެ.