އެންސިސް ފިޝަރީޒް

އެންސިސް މަސްވެރިންގެ ހަދިޔާ ދީފި

އެންސިސް ފިޝަރީޒް އިން 2020 ވަނަ އަހަރުގެ މަސްވެރިންގެ ހަދިޔާ ދީފި އެވެ.

'އެންސިސް މަސްވެރިންގެ ހަދިޔާ' އަކީ އެންސިސް ފިޝެރީޒް އިން 2016 ވަނަ އަހަރު ތައާރަފްކޮށް ކުރިޔަށް ގެންދާ ޕްރޮގުރާމެކެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެންސިސް އިން މަސްވެރިންގެ ހަދިޔާ ދެއެވެ.

އެ ޕްރޮގުރާމުގައި އެ އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރާ ދޯންޏާއި އެންމެ ރަނގަޅު ކޮލިޓީގެ މަސް ކިރާ ދޯންޏަށް ފައިސާގެ އިނާމު ދެއެވެ.

އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގް ވިދާޅުވީ މަސްވެރިންގެ ހަދިޔާ ޕްރޮގުރާމުގެ މަގުސަދަކީ ދިވެހި މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިންނަށް އިތުރަށް ހިތްވަރުދީ އެ ކުންފުންޏާއި މަސްވެރިންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުން ކަމަށެވެ.

އެންސިސް މަސްވެރިންގެ ހަދިޔާގައި އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރާފައިވާ ދޯނިތަކުގެ ތެރެއިން އެއް ވަނަ އަށް ހޮވުނު ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. އަދި ދެ ވަނަ އަށް ހުވުނު ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވާއިރު ތިން ވަނަ އަށް ހޮވުނު ފަރާތަށް ދީފައި ވަނީ 7،500 ރުފިޔާގެ ފައިސާގެ އިނާމެވެ. މީގެ އިތުރުން އެންމް ރަނގަޅު ކޮލިޓީގެ މަސް އެ ކުންފުންޏަށް ކިރި ދޯންޏަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފަ އެވެ.