އެޗްޑީސީ

އެޗްޑީސީ އިން ފުވައްމުލަކުގައި ކޯލް ސެންޓަރެއް ހަދައިފި

Apr 1, 2021

އެޗްޑީސީއިން ފުވައްމުލަކުގައި ކޯލް ސެންޓަރެއް ހަދައި ހުޅުވައިފި އެވެ.

ފުވައްމުލަކު ސިޓީގައި ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޯލް ސެންޓަރު ހުޅުއްވައި ދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މި ކޯލް ސެންޓަރު ހުޅުވުމުގެ މަސައްކަތަކީ އެ ކުންފުނީގެ މަސައްކަތް ހުޅުމާލެ އިން ބޭރަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

"ފުވައްމުލަކަކީ ޕޮޓެންޝަލް އޮތް ސިޓީއެއް. އެހެންވީމަ ޕޮސިބިލިޓީ އެބައޮތް ގުޅިގެން މަސައްކަތް ކުރުމަށް،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީ އިން ފުވައްމުލަކުގައި ކޯލް ސެންޓަރެއް ހަދާފައިވަނީ އެ ރަށު އިޖުތިމާއީ މަރުކަޒު ހުރި އިމާރާތުގަ އެވެ. ކޯލް ސެންޓަރުގައި އެ ރަށުގެ ތިން މުވައްޒަފުން މަސައްކަތް ކުރާނެ އެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލަކު ތަމްސީލް ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.