ހަބަރު

ރ. އަތޮޅު ފެރީ އެކްސިޑެންޓްވެ ބައެއް މީހުނަށް އަނިޔާވެޖެ

ރ. އަތޮޅު ފެރީ އެކްސިޑެންޓްވެ ބައެއް މީހުނަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ. ފެރީ އެކްސިޑެންޓްވީ ރ. ދުވާފަރުން ފުރައިގެން މީހުނާއެކު އެއަތޮޅު އުނގޫފާރަށް ދަތުރު ކުރަނިކޮށެވެ.

މިއަދު ހެނދުނު 9:30 އެހާކަންހާއިރު ފެރީ އެކްސިޑެންޓްވީ ދަތުރުކޮށް، އުނގފާރު ނެރުން ވަންނަން މަސައްކަތް ކުރަނިކޮށް ބަނދަރުގެ ޖެޓީ ބައިގައި ޖެހިގެނެވެ. ޖެހުނު ބާރު މިނުގައި ބައެއް މީހުން ފިތި ބައެއް މީހުން ވިއްސައިގެން ދިޔަ ކަމަށް ވެއެވެ.

ގާތްގަނޑަކަށް 100 އެއްހާ މީހުންގެ ޖާގައިގެ އެ ފެރީއަށް ވެސް ބޮޑެތި ގެއްލުންތައްވި އިރު އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އުނގޫފާރު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްވި ވަގުތު އޭގައި އިން ދުވާފަރު ކައުންސިލް މެމްބަރު މުހައްމަދު ޖަމީލަށް ވެސް އަނިޔާވި އެވެ. އެ ފެރީގައި އިން މީހަކު އަވަސް އަށް ކިޔައިދިން ގޮތުގައި ޖެހުނު ވަގުތު އެންމެން ކަހަލަ ގޮތަކަށް ވިއްސައިގެން ގޮސް ތަންތަނަށް ޖެހުނެވެ.