މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް އޮޕަރޭޝަނެއް: ފެރީއެއް ބަލާ ފާސްކުރަނީ

ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައި ފެރީއެއް ބަލާ ފާސްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައި ފެރީއެއް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަންގެ އެއްވެސް ތަފްސީލެއް ނުދެއެވެ.

ފުލުހުން ފެރީގައި ހަރަކާތްތެރިވަމުންދާއިރު ފެރީ އޮތް ސަރަހައްދުވެސް ވަނީ ބަންދުކޮށްފައެވެ. ފެރީ އޮތީ މާލެ-ހުޅުލެ ފެރީ ކުރީން އޮންނަ ސަރަހައްދުގައެވެ.