އެމެރިކާއަށް ދުނިޔެ ސުލްހަކުރަން ކަމެއް ނުކުރެވިގެން އުޅެނީ އެމީހުން ދަހިކަމުންނެވެ. މަކަރުވެރިކަމަކީ އެމެރިކާއަށް ހައްގު ދެވަނަ ސިފަ އެވެ. މައިކް ޕޮމްޕެއޯ މިއޮތީ އެކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.
ނޯތު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތައް، ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވާލުމުގައި އެމެރިކާއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް އެއިރު ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ނޯތު ކޮރެއާ ހައްދާލައިގެން އެކަން ކުރެވެން އޮތް ކަމަށެވެ.
ޕޮމްޕެއޯ މިހެން ވިދާޅުވީ ނޯތު ކޮރެއާއިން މާރިޗުގައި ދެމިސައިލް ޓެސްޓްކުރުމާ ގުޅިގެންނެވެ. އެއީ ކުރުރާސްތާ މިސައިލްތަކެއް ނަމަވެސް ކައިރީގައި އޮތް ދެކުނު ކޮރެއާ އަދި ޖަޕާނަށް ނުރައްކާވެދާނެ ކަމަށް ހީކުރެވުމަކީ އެމެރިކާއަށް އޮތް ބިރުވެރިކަމެކެވެ.
"ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވާލަން ހަރުދަނާ މަސައްކަތްތަކެއް ނުކުރެވުނީތީ އަޅުގަނޑު މިހާރު ހިތާމަކުރަން" ޕޮމްޕެއޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިސައިލްތައް ގިނަނުކުރުމަށް ނޯތު ކޮރެއާ، ކިމް ޖޮން އުން އެއްބަސްކުރެވުނު ކަމަށާއި އެކަމަކު ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން އެއްބަސް ނުކުރެވުނު ކަމަށެވެ.
ޓްރަމްޕް ސަރުކާރުން ނޯތު ކޮރެއާއާއެކު ދެސަމިޓެއް ބޭއްވި އެވެ. އެމެރިކާއިން ބޭނުންވީ ނޯތު ކޮރެއާއިން ފުރަތަމަ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާށެވެ. ނޯތު ކޮރެއާއިން ބަދަލުގައި އެދުނީ ދަތިކުރުމުގެ ފިޔަވަޅު ފުރަތަމަ އުވާލަދިނުމަށެވެ. ދެގައުމަށް އެންމެ ރަނގަޅު ގޮތް އިޚުތިޔާރުކުރަން އެމެރިކާއަށް ނޭނގުމުގެ ސަބަބުން މައްސަލަ ކޮޅެއްގައި ނުޖެހި މިހާރު ހުރީ ސައިވެފަ އެވެ. ނޯތު ކޮރެއާއިން މިހާރު ދަނީ ހާލަތުން ފައިދާނަގަމުންނެވެ.