ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރާކަން ގައުމީ ޓީމުގެ ފޯވަޑް އަދި ކުލަބު ވެލެންސިއާ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހާމަކޮށްފި އެވެ.
ޑރ. މުއިއްޒުއަށް ތާއީދު ކުރާކަނަ އަޝްފާގު ހާމަކޮށްފައިވަނީ މިރޭ ސަސް ކެފޭގައި އޮތް އިވެންޓެއްގައެވެ.
އެކަން ހާމަކޮށް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާކަން އަޝްފާގު ހާމަކުރެއްވުމުން ޝުކުރު ދަންނަވާ ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް އަޅުގަނޑަށް ތާއީދު ކުރައްވާ ކަމަށްޓަކައި ގައުމު އެބޭފުޅަކަށްޓަކަައި ފަހުރުވެރިވާ ދެވަނަ އެއް ނުވާ އަލީ އަޝްފާގަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަންޑރ. މުހައްމަދު މުއިއްޒު | ޕީޕީއެމްގެ ކެންޑިޑޭޓް
ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒު އެވެ.
މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ.