ހުޅުމާލެ-އެއާޕޯޓް ބަސް ރޫޓަށް، އެމްޓީސީސީން ބަދަލެއް ގެނެސްފި އެވެ.
ބަހުގެ ހިދުމަތް ދޭ އެ ކުންފުނިން ބުނީ މި ބަދަލާއެކު އެއާޕޯޓް ބަސް ރޫޓްގައި ބޭނުން ކުރަމުން އަންނަ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ބަސް ސްޓޮޕްގެ ބަދަލުގައި ދެން ބޭނުން ކުރަމުން ދާނީ ނިރޮޅުމަގު ދި-ކަލާސް ބަސް ސްޓޮޕާއި އަމީން އެވެނިއު ބަސް ސްޓޮ ޕެވެ.