ހަސަން ސައީދު

ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ބަލަނީ

ގާޒީ ހަސަން ސައީދު ޖޭއެސްސީގެ ކުރީގެ ތަހުގީގަކަށް ހާޒިރުކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ހަސަން ސައީދާއި ދެކޮޅަށް ބަލަމުންދާ އާ މައްސަލައަކީ އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ އަކަަށް ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ބަލަން ކޮމިޝަނުން ނިންމީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ކަމަށާއި މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކުރީ ވެސް ހަސަން ސައީދެވެ. ޖޭއެސްސީން ގެންދަނީ އެ މައްސަލަ ވެސް ބަލަމުންނެވެ. ނަމަވެސް މި ދެ މައްސަލަ އާއި ގުޅިގެން ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްސަލައިގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ހަސަން ސައީދުގެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީއަށް މައްސަލަ ހުށަހެޅީ ޕީޖީ އޮފީހުންނެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައި ވަނީ އަލީ ވަހީދު ފުރުވާލަން ހަސަން ސައީދު އަމުރު ނެރުއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ދެކޭ ކަމަށެވެ.

ހަސަން ސައީދު ފެމިލީ ކޯޓުގައި ހުންނަވައިގެން އެ ކޯޓުގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖޭއެސްސީން ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ދެ އަހަރާއި ފަސް މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ހަސަން ސައީދު ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް ޖޭއެސްސީން އޭނާގެ މައްސަލައެއް ކުރިން ބެލުމަށްފަހު ނަސޭހަތް ދީފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނާޅި

ކަލޯ އިންސާފު ޖުޑިޝަރީ އަކީ ހަސަދަވެރިން ނާއި މުނާފިޤުން ތިބޭތަނެއް ކަލޯ އަށްވެސް ސިންގަޕޫރަށް ދަތުރެއްލިބިޖެއްޔާ ދާނެ، ކަލޯ އިސްފާފު ކަންކަން ނޭގި ހުރެ ކޮމަންޓް ކުރަނީ ކައިވެނި ކޮށް ދިނުމަކި ކައިވެނީގެ ރެޖިސްޓާރ ކުރާކަމެއް، އިސް ޤާޒީ އާއި ބެހޭކަމެއްވެސްނޫން ، އިސް ޤާޒީ ހަސަން އަކީ ދިވެހި ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއްކަން ރައްޔިތުން ވެސް ޤަބުލުކުރޭ އިންސާފު މެންކަހަލަ މަދު ހަސަދަވެރި މުނާފިޤް ބަޔަކު އުޅުނަސް !

ލލ

ކަލޯ އިންސާފު ތީ ކޯޓް ތަކުގައި ތިޔަފަދަ ޖަރީމާ ރަގަޅަށް ހިންގާފަ ހުރި އެކަންތަށް ދަންނަ މީހެއްތާ ؟ ކަލޯމެން މިއަދު މާ އަގައަރުވަނީ މާސާފުވަންތޯ ! ގޭސް ކައްކަން އުޅެނީ !

އިންސާފު

މިކޮމެންޓް ޖަހާނެ ކަމަށް ހީކުރަން. ކައިވެންޏަށްދާ މުވައްޒަފުންނަށް އެދަތުރު ނުދީ ދިޔައީ ވެރިން. ކަނޑާލި ކައިވެނީގެ ރަޖިސްޓްރާ އަބްދުﷲ އާއި ޤާޟީ ހަސަން ޝަފީއު (މިހާރުގެ ހައިކޯޓުގެ ފަނޑިޔާރު) އާއި ކޯޓުގެ ރަޖިސްޓްރާ އަޙްމަދު ނަޝީދު. މާލެގަ އެޕޮށި ހިފައިގެން ތަންތަނަށް ގޮސް ކައިވެނި ކޮށްދޭ ކުދިންކައިރީ އަހާވެސްނުލާ ދާނަންތޯވެސް. އެހެންތާވާނީ ސިންގަޕޫރުން ވިޔަފާރި މުދާ އަމިއްލައަށް ދަތުރުގެ ހަރަދުނުކޮށް ގެނެވޭނެއެއްނުން. ޙަސަންގެ އެކަނިއެއްނޫން މި ތިން މީހުންގެ ވެސް މައްސަލަ ބަލަންޖެހޭ. ފެމިލީ ކޯޓުގަ ހިންގާ ޖަރީމާތައް ބޭޒާރުވާނީ ކޮންދުވަހަކުންބާ. އެންމެން އެހެން ކޯަޓު ތަކުގެ ފަހަތުން އުޅޭއިރު ފެމިލީކޯޓުގަ ހިނގާ ބޮޑެތި ޖަރީމާތަކުން ފަރުދާ ނަގަން ނޫސްވެރިން އުޅެބަލަ. އަދި ބުނަން ކަލޭމެން ތިންމީހުން މާލޭގަވެސް ފޮށި ހިފައިގެން ހިނގަން މަށައް ފެންނަނީ. ކައިވެނި އެލަވަންސްއަށްދޭ 100ރ ގަނޑުވެސް ނަގާފަ ތޯއްޗެއް އޮންނާނީ. ފެމިލީ ކޯޓުގެ ވަކި ބައިގަނޑަށް އެއްޗެއް ބުނާމީހާ ދާނެ ބުރައިގެން

ސސ

ކައިވެނި ކުރާމީހުން ހަރަދު ކުރީމާ ދުނިޔޭގެ ކޮންމެތަނެއްގައިވެސް ކައިވެނި ޢަޤުދު ކޮށްދިނުމުގެ މަޖިލިސް ބޭއްވިދާނެ، ހުއްދަ ނަގަންޖެހޭ ތަންތަނުން ހުއްދަނަގާ އެޕްރޫވަލް ދިނީމާ ! ގޭސް އަބުރަނީ ޤާޟީން ބަދުނާމް ކުރަން !

ހުޒާމް

ކާއިރުގަ ބަލައިގެން ކާށެވެ

އަރީން

އެފަކީރު ނުރޮއްވަބަލަ.ހެޔޮނުވާނެ ދޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345