ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޅ. އަތޮޅުގެ ހާލަތަށް ފިޔަވަޅު އަޅަން ކުއްލި މައްސަލައެއް

ޅ. އަތޮޅުގެ ހުރިހާ ރަށްތަކުގައި ކޮވިޑް ފެތުރިފައިވާތީ އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ބަދަލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލާ، ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް މިއަދު ބަލައިގަތީ 14 މެމްބަރުންގެ ވޯޓާ އެކުއެވެ.

ޅ. އަތޮޅުގައި މިފަހުން ކޮވިޑް ކޭސްތައް ފުރަތަމަ ފެނުނީ ޅ. ފެލިވަރުން ނެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް އަރާފަ އެވެ.

ޝިޔާމް ވިދާޅުވީ ފެލިވަރުން ޅ. އަތޮޅުގެ އެހެން ރަށްތަކަށް ބަލި ފެތުރިގެން ދިއުމުގައި ސަރުކާރުގެ އިހުމާލް އެބައޮތް ކަމަށެވެ.
އޭގެ ސަބަބަކަށް އޭނާ ނެންގެވީ ކޮވިޑް ކޭސްތައް ފެނުމުން ފެލިވަރު މެނޭޖްމަންޓުން އެކަން ސިއްރު ކުރުމާއި މާލޭން ޓީމްތައް ފެލިވަރަށާއި އަތޮޅުގެ އެހެން ރަށްރަށަށް ދަތުރު ކުރަމުން ދިއުމެވެ.

ކޮވިޑާ ގުޅިގެން ޅ. އަތޮޅުގެ ގިނަ ރަށްތައް މިހާރު ވެސް އޮތީ މޮނީޓަރިންގަ އެވެ.