ދިރާގު

ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޕްރޮމޯޝަން ފުޅާ ކޮށްފި

ރާއްޖޭގެ މައި މުއާސަތާލާތީ ކުންފުނި، ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ މީހުނަށް ފެށި ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ދިރާގުގެ ފައިބާ ބްރޯޑްމޭންޑް ހިދުމަތަށް އަލަށް އެދޭ މީހުނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރީން އޮތީ މިދިޔަ މާޗް މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގުގެ ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހިލޭ ގުޅައި ދިނުމާއި ރައުޓާއިން 50 ޕަސެންޓް ޑިސްކައުންޓްގެ އިތުރުން ފައިބާ ކޭބަލެއް ނެތް އިމާރާތް ތަކުގައި ދިރިއުޅޭ މީހުނަށް ކަނެކްޝަން ޕީގެ 50 ޕަސެންޓް ޑިސްކައުންޓް ދެއެވެ.

މި ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރީ ލިބުނު ތަރުހީބު ބޮޑު ކަމުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ 64 ރަށަކަށް ލިބޭއިރު ރާއްޖޭގެ 80 ޕަސެންޓް ގޭބިސީއަށް ހިދުމަތް ފޯރުކޮށް ދެއެވެ.