ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޕާޓީއަށް ގުރުބާންވީ ބޭފުޅުންނަށް އިހްތިރާމު ކުރާނަން: އަނަސް

އަނަސް މިއަދު އަވަސްއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަވަސް
100%
0%
0%

ބައެއް ކަންކަން ހުރި ގޮތުން އެމްޑީޕީގެ ބައެއް ހިދުމަތްތެރިން ޕާޓީއާމެދު ހިޔާލު ތަފާތު ވުންތަކެއް ހުރި ނަމަވެސް އެ ބޭފުޅުންގެ ވޯޓް ލިބޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަނަސް ވިދާޅުވީ އެމްޑީޕީއަށް ވަރަށް ގިނަ ދުވަހު ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް މިވަގުތު ޕާޓީއާމެދު ހިޔާލު ތަފާތުވުންތަކެއް ހުރި ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެބޭފުޅުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ފުރިހަމައަށް އިހްތިރާމު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ ހިޔާލުތަފާތުވުންތަކެއް އޮތް ބައެއް ބޭފުޅުންނަކީ އޭނާ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރެއްވި އުނދަގޫ ދުވަސްތަކަށް ވުރެ، މާއުނދަގޫ ހިތްދަތި ދުވަސްތަކެއްގައި ޕާޓީއަށް ބޮޑެތި ގުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.

"އެބޭފުޅުން ވަނީ މި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެމްޑީޕީއާ އެކީގައި ބޮޑެތި ގުރުބާނީތަކެއް ވެފައި. އޭގެތެރެއިން ބައިވަރު ބޭފުޅުން ވަނީ ޖަލުގައި އެތައް މުއްދަތެއް ހޭދަ ކުރައްވާފައި. އާއިލާއާ ދުރުގައި، ގައުމުން ބޭރުގައި އެތައް އަހަރުތަކެއް ބައެއް ބޭފުޅުން ހޭދަ ކުރެއްވި. ގިނަ ބޭފުޅުންނަކީ އެބޭފުޅުންގެ އަނބިން ނުވަތަ ފިރިން ނުވަތަ ދަރިން ނުވަތަ މައިންބަފައިން ޖަލުގައި ނުވަތަ އެކި އަނިޔާތައް ތަހައްމަލް ކުރި ބޭފުޅުން. އެހެންވީމާ އަޅުގަނޑަށް ޔަގީން އެ ބޭފުޅުން ޕާޓީއާ ދޭތެރޭ، މިކަންކަމާ ދޭތެރޭ ވިސްނަވާނެ. ވިސްނަވާފައި އޭޕްރީލް 10 ވަނަ ދުވަހު އެބޭފުޅުން ނިންމަވާނީ އެންމެ ރަނގަޅަށް ކަމާ ދޭތެރޭ އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށްޓަކައި ގުރުބާނީތަކެއްވީ ބޭފުޅުންނަށް އިހްތިރާމު ކުރައްވާތީ އެފަދަ އެއްވެސް ބޭފުޅަކާ ޖަދަލު ކުރެއްވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އޭނާ ހުންނެވީ ހިޔާލު ތަފާތުންތައް ހައްލު ކޮށްގެން ހުރިހާ ބޭފުޅުންނާ ގުޅިގެން ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ކަމުގައި ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ އިހްސާސްތަކާއި އުއްމީދުތައް އެނގޭނީ އެމްޑީޕީއަށް ކަމަށް އަނަސް ވިދާޅުވި އެވެ. އެހެންކަމުން އޭނާ މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްދީގެން އެއްވެސް ރައްޔިތަކު ހާއްސަކޮށް އެމްޑީޕީގެ ހިދުމަތްތެރި ބޭފުޅުން މާޔޫސްވާން ޖެހި ވަޑައިގަންނަވާ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

27 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަމީޒް

ހަމަ އަނަސް ހޮވާނީ.ބަލައްޗޭ ކޮންމެ ގޮތެއް ހަދާފަވެސް ގޮނޑީ ގަ ބަހައްޓާނަން އަނަސް

ކުޑަބޭ

އަނަސް ތިކަމަށް ނުކުތް ހިސާބުންވެސް އެންމެން މާޔޫސްވެއްޖެ. ތިމާ އަމިއްލައަށް ޤަބޫލުނުކުރިއަސް ދަންނަ އެންމެންނަށްވެސް އެނގޭ އަނަސްއަކީ ވަރަށް ކަންނެތް މީހެއްކަން. އެއްވެސް ކަމަކުން ނަތީޖާ ނެރެވުނު މީހެއްނޫންތީ.

ކޮކާ ފަނި

ހަސަން ލަތީފު މެންވެސް އިސްކޮޅައް ވުރެއް ސާދަ ފޫޓު އޮޅިފަ ހުރީ މަތީގަ

މަހުޞީ

އަނަސް ފަރަށް ދާން ރެޑީވޭ

އިރާޝާ

އަވަސް ގެ ކުދިން އަނަސް ވެފަ ހުރީމަތަ ކޮމެންޓު އަރުވަން ބިރުން ތިޔަ އުޅެނީ.ކިތަންމެ ވަރެއް ކުރިޔަސް އަނަސް އަށް ހަމަ ބިގް ނޯއެއް ދެވެން އޮތީ

ލަތީފާވެލޯރް

ރައީސް ނަޝީދުގެ ޕަޕެޓަކަށް ނުވެއްޖެޔާ ހަވަރަށް ދީ އަނަސް ޕާޓީން ބޭރުކުރާނެ! ނޫނީ އަނަސް ވާނީ ހަސަން ލަތީފު ހެން ޕަޕެޓަކަށް! ދިރިތިބީން މިކަން ދެކޭނެ!

މުނީޒް

ވާ ވަރައް ވޯޓު ލިބިފަ ތިހުރީ

ހުރާ

އަލްހާނައް ވުރެއް ހާލު ބޮޑުވާނެ ކަމައް މި ބަލަނީ

ފާޒިލް

މަވެސް އެބަ ބަލަން މީހަކު ހައްލާލައިގެން ވެސް ވޯޓު ލިބޭތޯ އަނަސް އައް.އެކަމު ހަމަ ވާގޮތް ނުވެގެން އަދި މިއުޅެނީ

ޔައުޤޫބް

ކާކު އެވަރު ބޮޑާ މީހަކަށް ވޯޓު ދޭން ހެޔޮނުވާނެ

ނައީމާ

ކަލޯ އިއްޔަވެސް މަ ވޯޓެއް ދޭނެ ކަމައް ޔަގީން ކުރި މީހެއް ގާތު ބުނީމަވެސް ބުނީ ރީނދޫހުން އިރެއްގަ ޖެހެފަ ހުއްޓަސް މިހާރު ހަމަ ހުން ފިލައިފިޔޯ.ސޮރީޔޯ..އަސްލު އަނަސް ރަނގަޅަސް އމޑޕ ގެ މީހުން ވ ހަރާންކޯރުކޮއް ކަންތައް ކުރީ އާންމު ރައްޔިތުން ނައް

ފާއިޒް

އަމިއްލަ އާއިލާ އަށް ވަފާތެރި ނޫން މީހުން ކޮން ޕާޓީއަކަށް ތަ ވަފާތެރިވާނީ

ވަބާ

އަނަސް ވެސް މިއަދު ތިޔަ ހުރީ ވ ނުބައި ފައްތަރެއްގަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345